logoEN
ކޮކާކޯލާ
އިދިކޮޅުން މާލޭގެ މަގުމައްޗަށް މުޒާހަރާއަށް!

އިދިކޮޅުން މާލޭގެ މަގުމައްޗަށް މުޒާހަރާއަށް!

Screenshot 2021-01-21 at 22.56.27

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓްއިން އިއްވާފައިވާ ފަސްއަހަރު ދުވަހުގެ ޖަލު ހުކުމް ދެމެހެއްޓުމަށް ހައި ކޯޓުން މިއަދު ތާއީދު ކުރުމުން އިދިކޮޅުން މާލޭގެ މަގުމައްޗަށް މުޒާހަރާއަށް ނުކުމެއްޖެއެވެ.

އަބުޅޯ

މާލޭގެ މަގުމައްޗަށް އިދިކޮޅުން ނުގުމެ އިހްތިޖާޖް ކުރަމުން ގެންދަނީ ރައީސް ޔާމީން މިނިވަންކުރުމަށާއި އަދުލު އިންސާފް ގާއިމް ކުރުމަށެވެ. ޕީޕީއެމް އަދި ޕީއެންސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަަވާ މި މުޒަހަރާގެ ބައިވެރިން މާލޭގެ މަގުތަކުގައި ހިނގަމުންދާއިރު، އެބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވަނީ ގާނޫނާއި ޙިލާފް ހުކުމެކެވެ.

މި މުޒާހަރާގެ ސަބަބުން މާލޭގެ ހައިކޯޓް ސަރަހައްދު ވަނީ ސެކިއުރިޓީ ވަރުގަދަކޮށް މަަގުތަށް ބަންދުވެސް ކޮށްފައެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑްރިންގްގެ ކުށް ސާބިތުވެ އެމަނިކުފާނު 5 އަހަރަށް ޖަލަށް ލެވި، 5 މިލިއަން އެމެރިކާ ޑޮލަރުން ޖޫރުމަނާކުރުމަށް ހުކުމްކޮށްފައިވަނީ 28 ނޮވެމްބަރު 2019 ގައިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ