logoEN
cocacola
ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓް 2021 ގެ މީޑީއާ ޕާޓްނަރަކަށް ގާފު އޮންލައިން

ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓް 2021 ގެ މީޑީއާ ޕާޓްނަރަކަށް ގާފު އޮންލައިން

DSC_2101

ހަވަރު ސްޕޯޓްސް އިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔުމަށް ނިންމައިފައިވާ ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓް 2021 ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ގާފު މީޑިއާ ގްރޫޕްގެ ގާފު އޮންލައިން ހަމަޖައްސައިފި އެވެ.

ގޮސިޔާ

މިރޭ ގދ ތިނަދޫ ވޯޓަރ ޑެކް ރެސްޓޯރެންޓުގައި ބޭއްވުނު ޕާޓްނަރުންނާއި އެކު ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޕާޓްނަރ އެއްބަސްވުމުގައި ގާފު މީޑީއާ ގްރޫޕްގެ ފަރާތުން ސޮއިކޮށްދެއްވީ ގާފު މީޑީއާ ގްރޫޕްގެ ޗީފް އޮޕަރޭޓިންގް އޮފިސަރ އަހުމަދު ޝުރާއު އެވެ. އަދި ހަވަރު ސްޕޯޓްސްގެ ފަރާތުން ސޮއި ކޮށްދެއްވީ ހަވަރު ސްޕޯޓްސްގެ ރައީސް އަބްދުލް މުޤުނީ އެވެ.

މިއާއި އެކު މި މުބާރާތުގެ ހަބަރުތަށް އެންމެ ތާޒާކަމާއި އެކު ގާފު އޮންލައިންއިން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައިއެވެ.

undefined

މި ރަސްމިއްޔާތުގައި މުބާރާތުގެ އިތުރު ޕާޓްނަރުންނާއި އެކުވެސް ވަނީ ސޮއި ކޮށްފައެވެ. އެގޮތުން މުބާރާތުގެ އޯގަނައިޒިންގ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ތިނަދޫ ސްޓޭޑިއަމް އެވެ. ބެވަރޭޖަސް ޕާޓްނަރަކަށް ސޮލައިލް ހަމަޖައްސައިފައިވާ އިރު މުބާރާތުގެ ލައިވް ސްޓްރީމް ޕާޓްނަރަކަށް އިވެންޓް ކާސްޓް މޯލްޑިވްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކަށް ނޯވާޓެކް އަދި ފޮޓޯގްރަފީ ޕާޓްނަރަކަށް ފޮޓޯމޯލްޑިވްސް ވަނީ ހަމަޖައްސާފައެވެ.

ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަންހެން ހޭންޑްބޯޅަ މުބާރާތެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަވަރު ސްޕޯޓްސްއިން ވަނީ 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ މުބާރާތް ވަނީ މުޅި ރާއްޖެއަށް ހުޅުވާލެވިފައިއެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވަނީ މިމަހުގެ 31 ގެ ނިޔަލަށެވެ. މި މުބާރާތުގައި ބައިވެރިވުމަށްޓަކައި ނަންނޯޓު ކުރުން ހަވަރު ސްޕޯޓްސްއަށް ގުޅުއްވައިގެން ކުރިޔަށް ގެންދެވޭނެއެވެ. އެގޮތުން 9886005 އަށް ގުޅުއްވައިގެން ނަންނޯޓު ކުރެވޭނެއެވެ. މިއަހަރުގެ ހަވަރު ވުމެންސް ހޭންޑްބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 20 ވަނަ ދުވަހު ގދ ތިނަދޫ ، އާރުއަވަށު ޓާފް ދަނޑުގައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ