logoEN
cocacola
ބަޣްދާދުގައި ޖާނުންފިދާވުމުގެ ހަމަލާއެއްދީ 28 އަށްވުރެ ގިނަ މީހުން މަރާލައިފި

ބަޣްދާދުގައި ޖާނުންފިދާވުމުގެ ހަމަލާއެއްދީ 28 އަށްވުރެ ގިނަ މީހުން މަރާލައިފި

baghdad-iraq-suicide-bombers

އިރާގުގެ ބަޣްދާދުގައި ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި 28 އަށްވުރެ ގިނަ މީހުން މަރުވެ 73 މީހުން ޒަޚަމް ވެއްޖެއެވެ. މިހަމަލާ ދީފައިވަނީ ބަބް އަލް ޝާރޤީގެ މީހުން ގިނަ މާރުކޭޓެއްގެ ތެރޭގައި މިއަދުގެ ވަގުތެއްގައެވެ.

ގޮސިޔާ

މި ހަމަލާ ދީފައިވަނީ ދެ މީހަކުވެގެންނެވެ. މި ދެމީހުން ވަނީ މާރުކޭޓުގެ ދެ ދިމާލެއްގައި ތިބެގެން އަމިއްލައަށް ގޮއްވާލާފައެވެ.

މި ހަމަލާގައި އަނިޔާވި މީހުން ވަނީ ވަގުތުން ކަރިރީގައި ތިބި ހަސްފަތާލުތަކަށް ގެންގޮސްފައެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި މި ހާދިސާގައި އަނިޔާވި ބައެއް މީހުންގެ ހާލު ދެރަކަމުން އަދިވެސް ގިނަ ބަޔަކު މަރުވުމުމުގެ ފުރުސަތު އެބަ އޮތެވެ.

މިހާރުގެ އެ ޤައުމުގެ ސިފައިން އެ ސަރަހައްދު އެއްކޮށް ސާފު ކޮށްފައިވާއިރު އެ ސަރަހައްދު ވަނީ އާންމު ހާލަތަށް ވަނީ އައިސްފައެވެ.

ބަޣްދާދުގައި ޖާނުންފިދާވެގެން ދޭ ހަމަލާތައް 2003 ވަނަ އަހަރުން ފެށިގެން މަދުވެފައިވާއިރު މީގެ ކުރިން ޖާނުންފިދާވުމުގެ ހަމަލާއެއް ދީފައިވަނީ މީގެ 2 އަހަރު ކުރިން 2019 ވަނަ އަހަރުގައެވެ.

މިހާތަނަށް މިހަލާގެ ޒިންމާ އެއްވެސް ބަޔަކު ނަގާފައި ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ