
އިންޑިއަން އައިޑޮލްގެ އޮޑިޝަނުން ފެނިގެންދިޔަ ވިނީތް ސިންގ އަކީ ކާކުކަން އެނގޭތަ؟
# އިންޑިއަން އައިޑޮލް5544a4ee66
އެންމެ ބޮޑު އެއް ލަވަ ރިއަލިޓީ ޝޯ ، އިންޑިއަން އައިޑަލްގެ އޮޑިޝަންތަށް މިހާރު ވަނީ ދައްކަން ފަށާފައެވެ. އެގޮތުން އޮޑިޝަންތަކުން މިވަނީ ވަރަށް ތަފާތު މަންޒަރެއް ފެނިފައެވެ. އެއް ޒަމާނެއްގައި ހިންދީ މިއުޒިކް އިންޑަސްޓްރީގައި ސުޕާސްޓާރެއްގެ ގޮތުގައި އަރައިގެން އައި ވިނީތް ސިންގ ވެސް މިވަނީ މިއަހަރުގެ އިންޑިއަން އައިޑޮލްގެ އޮޑިޝަންތަކުގައި ބައިވެރިވެފައެވެ.

ވިނީތްގެ ފެނިލުން ވެގެންދިޔައީ އައިޑަލްގެ ޖަޖުންނަށްވެސް ކުއްލި ހައިރާން ކަމެއް ލިބިގެން ދިޔަ ކަމަކަށެވެ. އެގޮތުން ޖަޖު، ނޭހާ ކައްކަރު ވަނީ ވިނީތްގެ ހުށަހެޅުމަށް ޖަޖު ކުރަން ދެކޮޅުވެސް ހަދާފައެވެ. އެހެން ނަމަވެސް ވިނީތްގެ އެދުމުގެ މަތިން ނޭހާ ވަނީ ވިނީތްގެ ހުށަހެޅުމަށް ޖަޖްކޮށްފައެވެ. އަދި އޭނާއަށް ވަނީ އޮޑިޝަނުން ގޯލްޑަން މައިކުވެސް ލިިބިގެން ގޮސްފައެވެ.
https://www.youtube.com/watch?v=ConjF8mQxXw
ވިނީތްގެ ދިރިއުޅުމުގެ ވާހަކައާއި އެނާގެ ތަރި އޮއްސުނު ގޮތް އޭނާ ވަނީ ޝޯގައި ކިޔާދީފައިއެވެ. އެގޮތުން މާބޮޑަށް އޯވާ ކޮންފިޑެންޓް ވެގެން ދިޔުމަކީ އޭނާ ގަބޫލުކުރާ ގޮތުގައި އޭނާގެ ތަރި އޮއްސުނު ހިސާބެވެ. އަދި " ހިތް މޮޅު " ވެ ބޮޑެތި ޕްރޮޖެކްޓްތަށް ނެގުމަށް އޭނާ ކުދި ޕްރޮޖެކްޓްތަށް ދޫކޮށްލީކަމަށް ވަނީ އެއްބަސްވެފައި އެވެ. އެކަމުގެ ސަބަބުން އޭނާއަށް ޕްރޮޖެކްޓުތަށް ނުލިބި މިއުޒިމް އިންޑަސްޓްރީއިން ގެއްލިގެން ދިޔައީ ކަމަށް އޭނާ ބުނެއެވެ. އަދި އެއާއި އެކު ދިރިއުޅުމުގެ މަތިން ފޫހިވެ މިއުޒިކް ދާއިރާއިން ދުރަށް ޖެހިލުމަށް ވިސްނިކަމާއި އެކަން ނުކުރުމަށް އޭނާއަށް ވިސްނިގެން ދިޔައީ އޭނާގެ މަންމައާއި އެކު ދެކެވުނު ވާހަކަތަކެއްގެ ސަބަބުން ކަމަށް އޭނާ ވަނީ ބުނެފައެވެ.
ވިނީތް މިވާހަކަތަށް ކިޔައިދިނީ ވަރަށް އަސަރާއި އެކުގައި އެވެ.
މިއުޒިކް އިންޑަސްޓްރީއަށް އެނބުރި އައުމަށް ފެނުނު އެންމެ ރަނގަޅު ޕްލެޓްފޯމަކީ އިންޑިއަން އައިޑަލް ކަމަށް އޭނާ ބުނެއެވެ.
https://www.youtube.com/watch?v=7Xh4-1wlB4s
ވިނީތް އަކީ ހިންދީ ރީތި ގިނަ ލަވަތަކެއް ކިޔާފައިވާ ހުނަރުވެރި އާޓިސްޓެކެވެ. އެގޮތުން އަކްޝޭގެ ކިލާޑީ 786 ގެ ލަވައެއް ކަމަށްވާ " ހޫކާ ބާ" ލަވައަކީވެސް އޭނާ ކިޔާފައިވާ ލަވައެކެވެ. އެފިލްމުގެ ޓައިޓަލް ލަވައަކީވެސް އޭނާގެ އަޑުން މަޝްހޫރުވެގެން ދިޔަ ލަވައެކެވެ.
https://www.youtube.com/watch?v=8wFdbwtr61I
ވިނީތްގެ އެންމެ މަޝްހޫރު އެއް ލަވައެއް ގޮތުގައި ފާހަގަވެގެންގޮސްފައިވަނީ ސަލްމާގެ ޕްރޭމް ރަތަން ދަން ޕާޔޯގެ ޖަލްތޭ ދިޔޭ ލަވައެވެ. އެލަވަ ވެގެން ގޮސްފައިވަނީ އޭރުގެ އެންމެ މަޝްހޫރު އެއް ލަވައަށެވެ.
ވިނީތް ވެގެންދާނީ އިންޑިއަން އައިޑޮލް 13 ގެ ފޭވަރިޓަކަށްކަން މިވަރުންވެސް ޔަގީނެވެ. ސުވާލަކީ މިއީ އޭނާގެ އެނބުރި އައުވަށް ވެދާނެތޯ އެވެ.