logoEN
cocacola
ވެކްސިން އުފައްދާ ސެރަމް އިންސްޓިޓިއުޓްގައި އަލިފާނުގެ ބޮޑު ހާދިސާއެއް

ވެކްސިން އުފައްދާ ސެރަމް އިންސްޓިޓިއުޓްގައި އަލިފާނުގެ ބޮޑު ހާދިސާއެއް

އަހުމަދު ޝުރާއު

logo

1/21/2021, 6:07:34 PM

Capturea

ދުނިޔޭގެ އެންމެ ބޮޑު ވެކްސިން އުފައްދާ ކާރުހާނާއެއް ކަމުގައިވާ ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި)ގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ގޮސިޔާ

އިންޑިއާގެ ޕޫނޭގައި ހުންނަ މި އިންސްޓިޓިއުޓްގައި ހިނގި މި އަލިފާނުގެ ހާދިސާގައި މިހާތަނަށް ފަސް މީހަކު މަރުވެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ. އަދި މި ހާދިސާގައި ދާށިވި ހަ މީހަކު މިހާރު ވަނީ ސަލާމަތްކުރެވިފައި ކަމަށް ވެސް ރިޕޯޓްކުރެއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން އަލިފާނުގެ ހާދިސާ ހިނގީ އެ އިންސްޓިޓިއުޓްގައި އިމާރާތް ކުރަމުންދާ ފެސިލިޓީއެއްގައެވެ. އެގޮތުގައި އަލިފާން ރޯވީ ރޮޓާވައިރަސްއާ ދެކޮޅު ވެކްސިން އުފައްދާ އިމާރާތެއްގަ އެވެ. އަދި އަލިފާނުގެ އަސަރު ކޮވިޑް ވެކްސިން އުފައްދާ ޔުނިޓަށް ނުފޯރާ ކަމަށާއި އެ ޔުނިޓަށް ގެއްލުން ނުވާކަން އެސްއައިއައިގެ އޮފިޝަލުންނާ ހަވާލާދީފައިވެއެވެ. އެހެން ކަމުން އޮކްސްފޯޑް ޔުނިވަރސިޓިއާއި އެސްޓްރާޒެނިކާ ކުންފުނީގެ 'ކޮވިޝީލްޑް' ވެކްސިން ޕްރޮޑަކްޝަންއަށް އެއްވެސް ބުރުލެއް މިހާދިސާގެ ސަބަބުން ނާރާނެއެެވެ.

ސެރަމް އިންސްޓިޓިއުޓަކީ ދުނިޔޭގެ އެންމެ ގިނަ އަދަދަކަށް ވެކްސިން އުފައްދާ އެއް ކާރުހާނާއެވެ.

ދުނިޔޭގެ އެންމެ ބޮޑު ވެކްސިނޭޝަން ޕްރޮގްރާމް ކުރިއަށްގެންދާ އިންޑިއާއިން ދަނީ އަވަށްޓެރި އެހެން ގައުމުތަކަށްވެސް ބޮޑެތި އަދަދުތަކުން ވެކްސިން ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި، ރާއްޖެ، ބޫޓާން، ބަންގްލަދޭޝް އަދި ނޭޕާލް ހިމެނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ