އިޓާލިއަން ސުޕާކަޕްގައި ރޭ ނަޕޯލީ ބަލިކޮށް ޔުވެންޓަސްއިން މުބާރާތުގެ ތަށި އުފުލާލައިފިއެވެ.
މިއީ ޕިރްލޯގެ ކޯޗުކަމުގެ ދަށުން ޔުވެންޓަސް ތަށި އުފުލާލި ފުރަތަމަ ފަހަރެވެ. މިމެޗް ޔުވެންޓަސްއިން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ތަފާތަކުންނެވެ.
ދެޓީމުގައި ފަރާތުންވެސް މުޅި މެޗުގައި ފެނިގެންދިޔައީ މޮޅު ކުޅުމެކެވެ. މެޗުގެ ފުރަތަމަ ލީޑު ޔުވެންޓަސްއިން ނާގާފައިވަނީ ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ގޯލާއި އެކު އޭނާ ވެގެން ފުޓްބޯޅައިގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށެވެ. ދެވަނަ ހާފުގައި ނާޕޮލީއަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. ހާއްސަކޮށް އެ ޓީމަށް ލިބުނު ޕެނަލްޓީ ފާހަގަކޮށްލެވެއެވެ. ޔުވެންޓަސްގެ ދެވަނަ ލަނޑު ފެނިގެންގޮސްފައި ވަނީ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. ޔުވެންޓަސްއަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާ އެވެ.
"މި ތައްޓާއެކު ވަރަށް ބޮޑު އުފަލެއް ލިބިއްޖެ، ކުޅުންތެރިއެއްގެ ގޮތުގައި ހުރިއިރު ލިބުނު ކާމިޔާބީތަކާއި މި ކާމިޔާބީއާއި ތަފާތު، މުޅިން ތަފާތު އިހުސާސެއް ކުރެވުނީ މި ތައްޓާއެކު"
ކުރިން ޔުވެންޓަސްއާއި އޭސީމިލާނަށް ކުޅުނު ދުވަސްވަރު ތިން ލީގު ތަށި ހޯދި ޕިރްލޯ ބުންޏެވެ.
މިއީ ޔުވެންޓަސް ތާރީހުގައި އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި ނުވަ ވަނަ ފަހަރެވެ.