logoEN
Sto top
މަހަށްފުރި 81 އަހަރުގެ މީހެއް ގެއްލިގެން ހޯދަން ފަށައިފި

މަހަށްފުރި 81 އަހަރުގެ މީހެއް ގެއްލިގެން ހޯދަން ފަށައިފި

އަޙްމަދު ޖަމީލު

logo

1/21/2021, 3:36:39 PM

big_lxyskxr89rpmAMjQhZpyICY7P

އެކަނި މަހަށްފުރި 81 އަހަރުގެ މީހެއްގެ ޚަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ.

Wamco

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި ޚަބަރެއް ނުވެގެން ހޯދަމުން ދަނީ ކ.މާފުށީ، ޝޭޑީ ގްލޯވަރ، އަޙްމަދު އާދަމް މަނިކުއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އެ މީހާ ގެއްލިގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ މިއަދު 14:08 ހާއިރު ކަމަށެވެ.

އެކަނިމާއެކަނި މިއަދު ފަތިހު 5:30ހާއިރު ކ.މާފުށިން މަހަށް ފުރި ފަހުން އޭނާގެ ޚަބަރެއް ނުވެއެވެ.

އޭނާ ދަތުރު ކުރީ ރިޔާނެގި ދޯންނެއްގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

މި މީހާ އާއި އަދި ދޯނީގެ އެއްވެސް ޚަބަރެއް އެއްވެސް ފަރާތަކަށް ވެއްހެ ނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓް ގާރޑް އަށް ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެމްއެންޑީއެފް އިން އެދެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside