logoEN
ޕީއެންސީ 2
ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި

ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި

Admin

logo

1/21/2021, 3:46:20 PM

big_raIIgAfSQJuUTKuVhGMBmc3e7_raeesyamin

ރައީސް ޔާމީންގެ މައްޗަށް ދައުލަތުގެ ފަރާތުން އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގައި ދަށު ކޯޓުން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމް ރަނގަޅު ކަމަށް ހައިކޯޓުން ނިންމައިފިއެވެ,

ޝަރީ 2024

ގއ ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކޮށްފައިވާ ކަން ސާބިތުވެ، ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް ކޮށްފައި ވަނީ 5 އަހަރު ދުވަހަށް ޖަލަށް ލުމަށާއި، 5 މިލިއަން ޑޮލަރުން (77 މިލިއަން ރުފިޔާ) ޖޫރިމަނާ ކުރުމަށެވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވަނީ ރައީސް ޔާމީންގެ ފަރާތުންނެވެ. ހައިކޯޓުގައި އިސްތިއުނާފްގެ ޖުމްލަ 7 އަޑު އެހުމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ދަށު ކޯޓުން ރައީސް ޔާމީންގެ މައްޗަށް ކުރި ދައުވާ އަކީ ގއ ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކޮށްފައިވާ މައްސަލައިގެ ދައުވާ އެވެ. މިމައްސަލައަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ، އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފްގެ އެކައުންޓަކަށް ޖަމާވުމުން، އެ ކުންފުނިން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އެ ފައިސާ ޖަމާކުރި މައްސަލައެެވެ.

އިސްތިއުނާފް މައްސަލާގައި ރައީސް ޔާމީންގެ ފަރާތުން ޖުމްލަ 75 ނުކުތާއެއް ފާހަގަކޮށްފައިވެއެވެ. އިސްތިއުނާފް މަރުހަލާގައި ރައީސް ޔާމީންގެ ދިފާއުގައި މައިގަނޑު ގޮތެއްގައި ވިދާޅުވެފައިވަނީ މަނީ ލޯންޑަރ ކުރުމުގެ ދައުވާ އުފުލާފައިވާއިރު، އެކުށުގެ ރުކުންތަކާއި، ރައީސް ޔާމީނުގެ އެކައުންޓަށް ވަދެފައިވާ ފައިސާއަކީ ގއ. ވޮޑަމުލާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބިފައިވާ ފައިސާކަން އެއްވެސް ލިޔެކިޔުމަކުން ފެންނަން ނެތް ކަމަށެވެ.

މިއަދުގެ ހުކުމް އިއްވުމުގެ އަޑު އެހުމުގައި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އިސް ފަނޑިޔާރު ހުސައިން މަޒީދު ވިދާޅުވީ, އެމަނިކުފާނުގެ އެކައުންޓަށް ވަދެފައިވާ ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ބެލެވޭ ހާލަތެއް އޮތް ކަމަށާއި، އެ ފައިސާއިން ރައީސް ޔަމީން ފައިދާ ހޯއްދަވާފައިވާކަން އެނގެން އޮންނަ ކަމަށެވެ. އެހެން ކަމުން ކުށުގެ ފުރަތަމަ އުންސުރު ސާބިތުވާ ކަމަށާއި ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ނުފެންނަ ކަމަށް އިސް ފަނޑިޔާރު ވިދާޅުވިއެވެ. ހައިކޯޓުގައި މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރަކީ ފަނޑިޔާރު ޙުސައިން މަޒީދު އެވެ. ދެން ތިއްބަވާ އަނެއް ދެ ފަނޑިޔާރުންނަކީ ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު މުޙައްމަދު ނިޔާޒު އެވެ.

މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒު ވަނީ އިސް ފަނޑިޔާރުގެ ރައުޔަށް ތާއީދުކޮށް އެ މައްސަލައިގެ ފުރަތަމަ އުންސުރާއި ދެވަނަ އުންސުރު އެއްވެސް ޝައްކެއް ނެތް މިންވަރަށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފަނޑިޔާރު ހުސައިން ޝަހީދުގެ ރައުޔު ކޮންމެވެސް ވަރަކަށް ތަފާތުވެއެވެ. އިސް ފަނޑިޔާރު ޙުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔުގެ ބައެއް ނުކުތާތަކަށް ފަނޑިޔާރު ޝަހީދު ތާއީދު ކުރައްވާއިރު, އެމަނިކުފާނު ވިދާޅުވީ ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އުފުލީ ތަފާތު ކުރުމުގެ ތެރެއިން އުފުލި ދައުވާއެއް ކަމަށެވެ.

މީގެ އިތުރުން ފަނޑިޔާރު ޝަހީދު ވިދާޅުވީ ތަހުގީގުގައި ޔާމީނާ ސުވާލުކުރީ ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމަށާއި، ދައުވާ އުފުލީ އެކަށީގެންވާ މިންވަރަށް ތަހުގީގު ނުކޮށް، އިސްތިއުނާފް ކުރާ ފަރާތުގެ ހައްގުތައް ގެއްލޭގޮތަށް ކަމަށެވެ. އަދި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަކީ ރައީސް ޔާމީނާއި އެމަނިކުފާނުގެ އާއިލާއަށް ބޮޑު ގެއްލުމެއް ދިނުމަށް އުޅުމުގެ ކުށް ސާބިތުވި މީހެއް ކަމުގައިވާތީ އޭނާގެ ހެކިބަސް ބަލައި ނުގަނެވޭނެކަމަށާއި، އަދި ޒިޔަތުގެ ވެސް ހެކިބަސް ބަލައި ނުގަނެވޭނެ ކަމަށް ފަނޑިޔާރު ޝަހީދު ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ