logoEN
cocacola
ރަޝިއާގެ ރައީސް, ޕޫޓިންގެ ސިއްރު ދަރިކަނބަލެއް ހުންނަކަން އެނގޭތަ?

ރަޝިއާގެ ރައީސް, ޕޫޓިންގެ ސިއްރު ދަރިކަނބަލެއް ހުންނަކަން އެނގޭތަ?

Admin

logo

1/21/2021, 3:02:44 PM

38295152-9171113-image-a-3_1611218518812

ރަޝިއާގެ ރައީސް, ވްލެޑިމިއަރ ޕޫޓިން ވެފައިވަނީ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އެއް ސިޔާސީ ލީޑަރަށްވެފައެވެ. އެމަނިކުފާނަށް ދެ ދަރިކަނބަލުން ލިބިވަޑައިގެންފައިވެއެވެ. އެއީ އުމުރުން 35 އަހަރުގެ މާރިޔާ ޕޫޓީނާ އާއި އުމުރުން 34 ގެ ޔިކެޓެރީނާ ޕޫޓީނާ އެވެ. މިއީ އެންމެން ދަންނަ ހަގީގަތެވެ,

ގޮސިޔާ

ސިޔާސީ ލީޑަރުންނަކީ އަބަދުވެސް ހަތުރުން ގިނަ ބައެކެވެ. އެހެން ކަމުން ޕޫޓިންގެ ހަތުރުން ތިބޭނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. ދާދި ފަހުން މީސްމީޑިއާގައި ފެނިގެން ދިޔަ މަންޒަރުތަކެއްގެ ސަބަބުން ގިނަބައެއްގެ ސަމާލުކަން ވަނީ އެކަމަށް ހުއްޓިފައެވެ. އެއީ އިންސްޓަގްރާމުގައި ލުއިޒަރޯޒްގެ ނަމުގައި ހިންގާ އެކައުންޓަކުން ފެނިގެންދިޔަ ކަންކަމެވެ. އެ އެކައުންޓު އާންމުންގެ ސަމާލުކަމަށް ގެނެސްފައިވަނީ ޕޫޓިންގެ ސަރުކާރާ އިދިކޮޅު, އަދި އެންމެ ވާދަވެރި ލީޑަރު, އެލެކްޝޭ ނަވާލްނީ އެވެ.

އެ އިންސްޓަގްރާމު އެކައުންޓުން ފެނިގެން ދަނީ ޕޫޓިންގެ ދަރިކަނބަލެއް ކަމަށް ދައުވާ ކުރާ އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު އޭނާގެ ޝާހީ ދިރިއުޅުން ދައްކުވައިދޭ މަންޒަރުތަކެކެވެ. އެ ކުއްޖާގެ އަސްލު ނަމަކީ އެލިޒަވޭޓާ އެވެ. ނަމަވެސް އާންމުކޮށް އޭނާއަށް ކިޔައި އުޅެނީ ލުއިޒާ އެވެ. ބައިނަލްއަގުވާމީ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ލުއިޒާ އަކީ ޕޫޓިން އާއި އޭނާގެ ކުރީގެ "ޖާރިއާ" އެއް ކަމަށް ބުނާ ސްވެޓްލާނާ ކްރިވޮނޯގިކް ނަމަކަށް ކިޔާ މީހަކަށް ލިބިފައިވާ ދަރިއެކެވެ.

އިންސްޓަގްރާމުގައި ލުއިޒާ ދައްކަމުންދާ ޝާހީ ދިރިއުޅުމާ ގުޅިގެން ގިނަ ބަޔަކަށް ވަނީ އޭނާ އަކީ ޕޫޓިންގެ ދަރިކަނބަލެއްކަން ޔަގީންވާ މިންވަރަށް ގަބޫލުކޮށްފައެވެ. އެކަމަށް ބާރުދެނީ މޮސްކޯގެ ބައެއް ނޫސްތަކުންނެވެ. އެގޮތުން މޮސްކޯގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ލުއިޒާގެ މަންމަ, ނުވަތަ ސްވެޓްލާނާ އަކީ މިހާރު މުއްސަނދި މިލިޔަނަރެކެވެ. އެ މުއްސަނދިކަން އޭނާއަށް ލިބިފައިވަނީ ޕޫޓިންގެ ފަރާތުން ކަމަށްވެސް ތުހުމަތު ކުރެވެއެވެ.

ލުއިޒާގެ އިންސްޓަގްރާމްގައި ޕޯސްޓުކޮށްފައިވަނީ ބްރޭންޑެޑް ހެދުމާއި ތަކެއްޗާ އެކު އެވެ. އެ އެކައުންޓު އާންމުންނާ ހަމައަށް ގެނެސްދިން އެލްކްޝޭ ތުހުމަތު ކުރަެއްވާ ގޮތުގައި ޕޫޓިން ދަނީ އެގައުމުގެ ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް އޭނާގެ ޖާރިއާއާއި "ސިއްރު ދަރިކަނބަލުން"ނަށް ހޭދަ ކުރަމުންނެވެ. ނަމަވެސް މި ތުހުމަތުތަކާ ގުޅިގެން ޕޫޓިން އަދި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ