
img_lg_202004180913491587226429.9474
ޓެެރަރިސްޓު އަމަލެއް ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަ ކަމަށް ތުހުމަތު ކުރެވޭ ޓެރަރިޒަމްގެ އަމަލެއެް ހުއްޓުވައި ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެެވެ. އަދި އެެމައުލޫމާތު ލިބިފައިވަނީ ފުލުހުންގެ އިންޓަލިޖެންސަށް ކަމަށާއި އެެމައްސަލާގައި ބަޔަކު ހައްޔަރުކުރި ނަމަވެސް ހައްޔަރުކޮށްފައިވަނީ ކިހާ އަދަދެއްގެ ބައެެއެް ކަމަށް ހާމަކޮށްފައެއް ނުވެއެވެެ. އަދި އެއީ ކޮން ގައުމެއެްގެ ބައއް ކަމެއެްވެސް ބުނެފައެއް ނުވެއެވެެ.
"ހަރުކަށި ފިކުރުގެެެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތު ކުރެވޭ ޓެރަރިޒަމްގެ އަމަލަކާ ގުޅޭ ގޮތުން ފުލުހުންގެ އިންޓަލިޖެެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެެން އެ އަމަލު ހުއްޓުވައި, ބަޔަކު ހައްޔަރުކޮށް, އޮޕަރޭޝަނެއް ފަށައިގެެން ކުރިއަށް އެެބަ ގެެންދަން," ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އޮޕަރޭޝަނެއް ފަށާފައިވާއިރު މީގެ ކުރިން ރާއްޖޭގައި ހިނގާފައި ހުރި ބޮޑެެތި އަލިފާނުގެ ހާދިސާތަކުގެެ ޒިންމާވެސް އެފަދަ ޖަމާއަތްތަކުން ވަނީ ނަގާފައެވެެ.