logoEN
cocacola
ސާރާ އަލީ ޚާން މިވަގުތު ދިވެހިރާއްޖޭަގައި!

ސާރާ އަލީ ޚާން މިވަގުތު ދިވެހިރާއްޖޭަގައި!

ގާފު އެޑިޓޯރިއަލް

logo

1/20/2021, 11:46:23 AM

# ސާރާ އަލީ ޚާން

Sara Ali Khan

ބޮލީވުޑުގައި ކުރިއަރަމުން އަންނަ މަޝްހޫރު ޒުވާން ތަރި، ސާރާ އަލީ ޚާން އަނެއްކާވެސް ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

ގޮސިޔާ

ބޮލީވުޑްގެ ތަރިންގެ މެދުގައި ދިވެހިރާއްޖެއަކީ މަޤްބޫލު މަންޒިލެކެވެ. ފެށިގެން މި ދިޔަ 2021 ވަނަ އަހަރުގެ އާއަހަރު ފެށުމުގެ މުނާސަބަތާއި ދިމާކޮށް ގިނައަދަދެއްގެ ބޮލީވުޑް ތަރިން، އާއަހަރު ފާހަގަކުރުމަށް ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ސާރާ އަލީ ޚާން ފާއިތުވީ އަހަރުވެސް ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ. އެފަހަރު ސާރާ ރާއްޖެ އައިސްފައިވަނީ އާއިލީ މެމްބަރުންނާއި އެކުއެވެ. 19 ޖެނުއަރީ 2021ގެ ހަވީރުގެ ވަގުތެއްގައި ސާރާ ރާއްޖެއަށް އައިސްފައިވާއިރު، ޗުއްޓީ ހޭދަކުރަމުން އަންނަނީ ދ. އަތޮޅުގެ ރިސޯޓެއް ކަމުގައިވާ ވޮއްމުލި ރިސޯޓްގައެވެ. ސޯޝަލް މީޑިޔާގައި ސާރާ އެއްވެސް ފޮޓޯއެއް ފޭނުންނަށް ހިއްސާކޮށްފައި ނުވާއިރު، މިފަހަރު ސާރާ ރާއްޖެ އައިސްފައިވަނީ ކޮންފަރާތަކާއެކު ކަން ވަނީ ސާފު ނުވެއެވެ.

އެންމެ ފަހުން ސާރާ ބެލުންތެރިންނަށް ފެނިފައިވަނީ، ވަރުން ދާވަންއާއެކު ކޫލީ ނަމްބަރު ވަން އިންނެވެ. މި ފިލްމަކީ ބެލުންތެރިންގެ މާބޮޑު މަޤްބޫލުކަން ލިބުނު ފިލްމެއްކަމުގައި ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ