އަލީބާބާ ވިޔަފާރި ގްރޫޕުގެ ފައުންޑާ ޖެކްމާގެ ފެނުން!

އަލީބާބާ ވިޔަފާރި ގްރޫޕްގެ ފައުންޑާ ޖެކްމާ ފާއިތުވީ އަހަރު އޮކްޓޯބަރުން ފެއްޓިގެން ޚަބަރެއް ނެތި ވީނުވީއެއް ނޭނގި ގެއްލިފައިއެވެ. އަދި ތަފާތު ޚަބަރު ފަތުރާ ވަޞީލަތްތަކުން ކަންބޮޑުވުން ފާޅުކޮށް، ތަފާތު ޚަބަރުތަށް ފަތުރާއިރު، މަސްތަކަކަށްފަހު، ޖެކްމާގެ ފުރަތަމަ ފެނިލުން ޕަބްލިކަށް، އޮންލައިން މީޓީންގ އެއްގައި ބައިވެރިވުމުން ފެނިގެން ގޮސްފައިވެއެވެ.

ޗައިނާގެ ތަނަވަސްކަން ކުޑަ ހިސާބުތަކުގައި  ދިރިއުޅެމުން އަންނަ 100 މުދައްރިސުން ބައިވެރިކޮށްގެން މިއަދު ކުރިޔަށް ގެންދެވުނު އޮންލައިން ވީޑިއޯ ކޮންފަރެންސެއްގައި އަލީބާބާ ގްރޫޕުގެ ފައުންޑާ ޖެކްމާ ބައިވެރިވެފައިވާކަމަށް ލޯކަލް ގަވަރމެންޓް މީޑިއާ ރިޕޯޓްކޮށްފައި ވެއެވެ.

ޖެކް މާ ގެއްލުނު ކަން ފުރަތަމަ މީޑިޔާއަށް އެނގުނީ އެފްރިކާސް ބިޒްނަސް ހީރޯޒް ގެ ނަމުގައި ޖެކް މާ ހިންގަވާ ޓެލެންޓް ޝޯގެ ފައިނަލް އެޕިސޯޑަށް ވަޑައިނުގަތުމުންނެވެ. މި ޝޯގައި ޖެކް މާ އަކީ ފައިނަލް އެޕިސޯޑްގެ ޖަޖެކެވެ.

ޖެކް މާ ގެއްލުމާއި ގުޅިގެން އެކި ފަރާތްތަކުން އެކި ވާހަކަތައް ދައްކާފައިވާއިރު އޭގެ ތެރެއިން ބައެއް ފަރާތްތަކުން ބުނަމުން ގެންދިޔައީ ޗައިނާ ސަރުކާރާއި ދިމާއަށް ބަހެއް ބުނެފި މީހަކު ދިރިހުއްޓައި ފެނުން ނާދިރު ކަމަށާއި މީގެ ކުރީންވެސް ޗައިނާގެ ބިލިއަނަރުންނަށް މިފަދަ ކަންކަން ދިމާވެފައިވާ ކަމަށެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް