ގއ ދާންދޫއިން ކޮވިޑް-19 އަށް އުމުރުން އެއް އަހަރުގެ ފިރިހެން ކުއްޖަކު ފައްސި ވެއްޖެ އެވެ.
"ގާފު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދާންދޫއިން ޕޮޒިޓިވް ވި ކުއްޖާ ގއ.ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައިއެވެ. މިއާއި އެކު އެރަށުން ފައްސިވި މީހުންގެ އަދަދު 11 އަށް ވަނީ އަރާފައިއެވެ.
ދާންދޫއިން ކޭސްތަށް ފެންނަން ފަށާފައިވަނީ ގއ ދެއްވަދޫ ކްލަސްޓާ އާއި ގުޅިގެެންނެެެވެެ. ދާންދޫ މިހާރު އޮޮތި މޮނީޓަރިންގ ގެ ހާލަތުގައި އެވެ.
ގއ އަތޮޅުގެ 3 ރަށެއް މޮނީޓަރިންގ ގެ ހާލަތަށް ގެނެވިފައިވާ އިރު މިއަދު ހަވީރު އެ އަތޮޅުގެ ވިލިނގިލީގެ މޮނީޓަރިންގ ގެ ހާލަތު ވަނީ އުވާލާފައިއެވެ. މިވަގުތު މޮނީޓަރިންގ ގެ ހާލަތުގައި އޮތީ ގއ ދާންދޫ އާއި ގއ ދެއްވަދޫއެެވެ. އެންމެ ފުރަތަމަ ކޮވިޑް ކޭސްތަކެއް ފެނިފައިވަނީ ގއ ދެއްވަދޫއިންނެވެ.