logoEN
ޕީއެންސީ 2
ގާފު އޮންލައިނަށް މަރުހަބާ !

ގާފު އޮންލައިނަށް މަރުހަބާ !

އަހުމަދު ޝުރާއު

logo

11/11/2020, 8:00:10 PM

habaru

މިއީ ޖަޒީރާވަންތަ މިގައުމުގައިވެސް އަދި މި ދުނިޔޭގައިވެސް އޮތް އެންމެ ބޮޑު އެއް އަތޮޅުވެ.. އާދެ! ގާފު އަތޮޅުވެ. ނަން މަޝްހޫރު ހުވަދު އަތޮޅެވެ. ގިނަ ގޮންޖެހުންތަކާއެކު އަތޮޅަށް އުފަން ހުނަރުވެރި ޒުވާނުންތަކެއްގެ ބުރަ، މިންނެތް މަސައްކަތުގެ ފޮނިމީރުކަމާއެކު މިރޭ ތިޔަބޭފުޅުންނާ ހިސާބަށް މިގެނެސްދެނީ ގާފު އޮންލައިނެވެ.

ޝަރީ 2024

"ގާފު އޮންލައިން"ގެ ނަމުން ނަން ދެވިގެން މިރޭ މި ލޯންޗް ކުރެވުނު އޮންލައިން ނޫހަކީ މުޅި ރާއްޖޭގެ ޚަބަރުތައް، ވަކިން ޚާއްސަކޮށް ގާފު އަތޮޅުގެ އުތުރުބުރިއާއި ދެކުނުބުރީގެ ޚަބަރާއި މައުލޫމާތު ހަމަހަމަކަމާއެކު އެންމެ ގާތުން ގެނެސްދިނުމުގެ މަޤްސަދުގައި ނެރޭ ނޫހެކެވެ. ނޫސްވެރިކަމުގެ ދާއިރާގެ ތަޖުރިބާހުރި، ތަޢުލީމީ ޒުވާނުންތަކެއް އެކުވެގެން ލޯންޗް ކުރެވުނު މި ނޫސް ވުޖޫދަށް ގެނައުމުގެ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ މެދުތެރޭގައެވެ. ވިހިވިއްސަށް ލޯންޗް ކުރަން ގަސްތުކުރި މި ނޫހުގެ މަސައްކަތް 2019 ގައި ފެށުނު ނަމަވެސް މާ ގިނަ ދުވަހެއް ނުވެ، މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެން މަޑުޖައްސާލަން ޖެހުނެވެ. ފުރަބަންދަށް ގައުމު ދިޔަ ނަމަވެސް ލުއިތައް ލިބެން ފެށުމުން އަނެއްކާވެސް ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށް ދިޔައީ 2019 ވަނަ އަހަރު ކޮފީ މޭޒަކުން ޚިޔާލަށް އައި ކޮންސެޕްޓް ޑިވެލޮޕް ކުރުމަށެވެ. މިއަދު އެ މަސައްކަތުގައި ކުލަ ޖެހި ޙަޤީޤަތަކަށްވެގެން މި ދިޔައީ ބޮޑެތި ގޮންޖެހުންތަކަކާ އެކު، އަދި އެތައްބައެއްގެ އެހީތެރިކަމާވެސް އެކުގައެވެ.

ގާފު އޮންލައިން ފެށިގެން މިދަނީ ރާއްޖޭގެ ބޮޑެތި މީޑިއާ ޕްލެޓްފޯމްތަކުގައި މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވާ، ޚުދު "ގާފު" އަތޮޅަށް ނިސްބަތްވާ ހުނަރުވެރި ޒުވާނުންތަކެއްގެ މައްޗަށް އެކުލެވޭ ޓީމަކާއެކު އެވެ. މީގެ އިތުރުން މި ނޫހުގެ ފަހަތުގައި މަސައްކަތް ކުރާ ޑިޒައިނިން އަދި ޕްރޮޑަކްޝަން ޓީމަކީވެސް ރާއްޖޭގެ ނިސްބަތުން މަޝްހޫރު އަދި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ޓީމެއްކަން ފާހަގަކޮށްލަން ޖެހެއެވެ. ޒަމާނީ ވަސީލަތްތަކާއެކު ގާފު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ނެރޭ މި ނޫހުގައި ހުރިހާ ދާއިރާއެއްގެ ޚަބަރާއި މަޢުލޫމާތު ޝާއިއުކުރާނެ އެވެ. މީގެ އިތުރުން އަތޮޅުގެ ވަކި ވަކި ފަރުދުންގެ ހުނަރުވެރިކަމާއި ޤުދުރަތީ ރީތި މަންޒިލްތަކުގެ އިތުރުން އަތޮޅުގެ ފަތުރުވެރިކަމާއި ވިޔަފާރިތައް ކުރިއަރުންވަންވެސް މަސައްކަތް ކުރާނެ އެވެ. ރައްޔިތުންނާ ގުޅޭ ހުރިހާ ކަމެއްގައި ރައްޔިތުންގެ އަޑު ސަރުކާރާއި ކަމާ ބެހޭ އިދާރާތަކާ ހަމައަށް ފޯރުކޮށްދިނުމުގައި ޖެހިލުމެއްނެތި މަސައްކަތް "ގާފުން" ކުރާނެ އެވެ.

ގާފު މީޑިއާ ގްރޫޕުގެ މަޤްސަދަކީ އަތޮޅުގައި ކާމިޔާބު ޒުވާނުންތަކެއް ބިނާކޮށް ހުނަރުވެރި ޖީލެއް އުފެއްދުމެވެ. އެގޮތުން އެކި ދާއިރާތަކުން ތަމްރީން ޕްރޮގްރާމްތަކާއި ކުރު ކޯސްތައް ހިންގުމުގެ އިތުރުން އުފެއްދުންތެރި ހަރަކާތްތައް ހިންގުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން އަތޮޅުގެ ރަށްރަށުގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލުމާތުވެސް ގެނެސްދިނުމަށް އަޅުގަނޑުމެންގެ މި ކުންފުނީގެ އަމާޒަކީ އަތޮޅުގައި ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ޒުވާނުންނަށް އުފާ ފާގަތި މުސްތަގްބަލެއް ހޯދައިދިނުމެވެ.

މާތްﷲ މި މަސައްކަތުގައި ބަރަކާތް ލައްވާށި.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ