logoEN
cocacola
އިންޑިއާގެ ވެކްސިން ފުރަތަމަ ރާއްޖެއަށް، މާދަމާ ލިބޭނެ!

އިންޑިއާގެ ވެކްސިން ފުރަތަމަ ރާއްޖެއަށް، މާދަމާ ލިބޭނެ!

Admin

logo

1/19/2021, 6:00:16 PM

Covid Vaccine

އިންޑިއާއިން އީޖާދުކޮށްފައިވާ ކޮވިޑް19 ވެކްސިން ފޮނުވާ ފުރަތަމަ ގައުމަކަށް ރާއްޖެ ކަނޑައަޅައި، މާދަމާ އެ ވެކްސިން ގެންނަން ނިންމައިފިއެވެ.

ގޮސިޔާ

އިންޑިއާގެ ނޫހެއް ކަމަށްވާ “ވިއޮން” ގައި ބުނެފައިވާ ގޮތުގައި ސީރަމް އިންސްޓްޓިއުޓް އޮފް އިންޑިއާއިން އުފައްދާފައިވާ އޮކްސްފޯރޑް - އެސްޓްރެޒެނެކާގެ ކޮވިޑް ޝީލްޑް ވެކްސިން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ގައުމީ އެއާލައިން، އެއަރ އިންޑިއާއިންނެވެ. އެ ފްލައިޓު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު 14:00 ގައެވެ.

ވެކްސިންއާ ގުޅުންހުރި ހުރިހާ އެޕްރޫވަލްތަކެއް ދިވެހިރާއްޖޭގެ ކަމާބެހޭ އިދާރާތަކުން މިހާރު ދީފައިވާކަމަށްވެސް "ވިއޮން" ނޫހުން ރިޕޯޓް ކޮށްފައިވެއެވެ. މިކަން އަދި ދިވެހިރާއްޖޭގެ އެއްވެސް ކަމާބެހޭ އިދާރާއަކުން ޔަގީންކޮށްދީފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ދިވެހި ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ