އީޓޫއެސް ފީފާ21 X ސީރީޒްގެ ނަމުގައި އީޓޫއެސް ގޭމިންގް އަދި އުރީދޫއިން އިންތިޒާމް ކޮށްގެން ބާއްވާ ފީފާ21 މުބާރާތަށް ރަޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މުބާރާތުގައި ރަޖިސްޓަރ ވުމުގެ ފުރުސަތު 25 ޖެނުއަރީގެ ނިޔަލަށް ހުޅުވާލާފައިވާއިރު މި މުބާރާތުގެ އެންޓްރެންސް ފީއަކީ 100 ރުފިޔާއެވެ.
10،000 ރުފިޔާ ހުށަހަޅާފައިވާ މި މުބާރާތް ކުރިއަށްދާނީ ލައިވް އިވެންޓެއްގެ ގޮތުގައި ކްލަބް 360 ގައެވެ.
މި މަހުގެ 29 ވަނަ ދުވަހު ފަށާ ފީފާ21 X ސީރީޒްގެ ސީޒަން އެކެއްގެ ޕާރޓްނަރުންނަކީ ރެޑްބުލް، އުރީދޫ އަދި ކްލަބް 360 އެވެ. މި މުބާރާތުގެ މީޑިޔާ ޕާރޓްނަރަކީ ގާފު އޮންލައިނެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެއެވެ.
https://e2sglobal.com/fifa-21-x-series/
Post Views: 437