logoEN
cocacola
ދުނިޔޭގެ ތަފާތު ޤައުމުތަކާއި ގުޅޭ ޤަބޫލުކުރަން ދަތި ބައެއް ހަޤީޤަތްތައް!

ދުނިޔޭގެ ތަފާތު ޤައުމުތަކާއި ގުޅޭ ޤަބޫލުކުރަން ދަތި ބައެއް ހަޤީޤަތްތައް!

earth world dhuniye

ދުނިޔޭގައި އެތައް ގިނަ ގައުމުތަކެއްވާއިރު، ކޮންމެ ގައުމެއްގައިވެސް ތަފާތު ސަގާފަތް ތަކާއި ގަބޫލުކުރުން ތައް ހުރެއެވެ. މީގެ ތެރޭގައިވެސް ގަބޫލު ކުރަން ދަތިކަންތައް ވެސް ހުރެއެވެ. މިގޮތުން ތިރީގައި މި ހިމަނާލަނީ، ބައެއް ގައުމު ތަކުގައި ހުންނަ ގަބޫލު ކުރަން ދަތި ހަގީގަތް ތަކެކެވެ.

ގޮސިޔާ

އިތިއޯޕިއާގެ ކަލަންޑަރު

undefined

ދުނިޔޭގެ އެހެން ޤައުމުތަކާއި ތަފާތުކޮށް، އިތިއޯޕިއާގައި ބޭނުންކުރާ ކަލަންޑަރު ދުނިޔޭގެ އެހެން ޤައުމުތަކުގެ ކަލަންޑަރާއި 7 އަހަރު ތަފާތެއް އެލުވެއެވެ. މިގޮތުން އިތިއޯޕިއާ ގެ ތާރީޚު ވަނީ މުޅި ދުނިޔެއާއި 7 އަހަރު ފަހަތުގައެވެ. ދުނިޔޭގެ ޤުދުރަތީ ރީތިކަމުގެ އަޖައިބުތަކުން ފުރިގެންވާ، ގަދީމީ ތާރީޚް ތަކުން ފުރިގެންވާ ވަރަށް ޚާއްސަ ތަނަކަށް އިތިއޯޕިއާ ވެގެންދެއެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގެ ކަލަންޑަރާއި އިތިއޯޕިއާގެ ކަލަންޑަރު ތަފާތުވުމުގެ އިތުރުން ކްރިސްޓިއަން ގިނަ ޤައުމުތަކުގައި ބޭނުންކުރާ ގްރިގޯރިއަން ކަލަންޑަރާއިވެސް އިތިއޯޕިއާގެ ކަލަންޑަރު ތަފާތެވެ. އިތިއޯޕިއާގެ ކަލަންޑަރުގައި އަހަރެއްގެ މައްޗަށް 13 މަސްދުވަސް އެކުލެވެއެވެ. އިތިއޯޕިއާގެ ކަލަންޑަރު އުފެދިފައިވަނީ އެމީހުންގެ ދީނީ ފިކުރު ކަމުގައިވާ ކްރިސްޓިއަން އޯތޮޑޮކްސް ޗާޗްގެ ވިސްނުމާއި އެއްގޮތަށެވެ. އިތިއޯޕިއާގެ ކޮންމެ އާ އަހަރެއް ފައްޓަނީ ދުނިޔޭގެ ކަލަންޑަރުން ސެޕްޓެމްބަރ 11 ގައެވެ. އިތިއޯޕިއާ މީހުންނަށް އާ ސާސްކަފް ފެށިގެން ގޮސްފައިވަނީ 2007 ވަނަ އަހަރުގައެވެ.

ޑެންމާކްގެ ކުޑަކުދީންނަށް ނަންކިޔުން

undefined

ޑެންމާކުގައި ކުޑަކުދިންނަށް ނަންކިޔެނީ ސަރުކާރުން ކުރިން ފާސްކޮށްފައިވާ ނަން ލިސްޓެއްގައި ހިމެނޭ ނަންތައް އެކަނިއެވެ. މައިންބަފައިން ދަރިންނަށް ތަފާތު ވައްތަރުގެ ނަންތައް ކިޔުން ހުއްޓުވުމުގެ ގޮތުގެ ހަރުކަށި ޤާނޫނެއް ހަދައި، މިޤާނޫނުގެ ދަށުން ކުދިންނަށް ކިޔޭނެ ނަންތަކެއް ސަރުކާރުން ވަނީ ފާސްކޮށްފައެވެ. މިގޮތުން ސަރުކާރުން ފާސްކޮށްފައިވާ 7000 (ހަތް ހާސް) އަންހެން އަދި ފިރިހެން ނަން އެކުލޭ، ލިސްޓަކުން ކުދިންނަށް ކިޔާނެ ނަމެއް މައިންބަފައިން އިޚްތިޔާރުކުރެއެވެ. އަދި މިލިސްޓުގައި ނުހިމެނޭ ނަމެއް ކިޔަން މައިންބަފައިން ބޭނުންނަމަ، ދިގު، އުދަނގޫ ރިވިއު ޕްރޮސެސްއެއް ނިންމަން ޖެހެއެވެ. ނަންކިޔުމުގެ ޚާއްސަ މިންގަނޑުގެ ތެރޭގައި، ނަމުން ކޮން ޖިންސެއްކަން އެނގެންޖެހުމާއި، އާއިލީ ނަން ނުވަތަ ބައްޕަގެ ނަން، ކުއްޖާގެ ނަމުގެ ގޮތުގައި ބޭނުންނުކުރެވުމުގެ އިތުރުން ދެވަނަ ނަމުގެ ގޮތުގައި އާއިލީ ނަން ނޫން އެހެން ނަމެއް ބޭނުން ނުކުރުވުމުގެ އިތުރުން، އާންމުކޮށް ބޭނުންކުރާ ނަންތަކުގެ އެއްވެސް ތަފާތެއް އައިސްފައި ނުވުން ހިމެނެއެވެ. ޚަބަރުތައް ބުނާގޮތުން ސަރުކާރުން ޤާއިމްކޮށްފައިވާ ނަން ލިސްޓައަށް އަހަރަކު 1100 އެއްހާ ނަން އިތުރު ކުރުމަށް ހުށަހެޅެއެވެ. އަދި ހުށަހެޅޭ ނަންތަކުގެ ތެރެއިން 15 އިންސައްތަ އާއި 20 އިންސަތަ ނަން ފާސްނުވެއެވެ.

ތައިލެންޑުގެ ރާމާމަކުނު ބުފޭ ފެސްޓިވަލް:

undefined

ތައިލެންޑްގައި ދިރިއުޅޭ ރާމާމަކުނަށް، ޚާއްސަ ފެސްޓިވަލް އެއް ނުވަތަ އީދެއް ތައިލެންޑުގައި އަހަރަކު އެއްފަހަރު ބޭއްވެއެވެ. މި ފެސްޓިވަލް ކޮންމެ އަހަރަކު ބޭއްވެނީ ތައިލެންޑުގެ ދުވަސްވީ ސިޓީއެއް ކަމުގައިވާ ލޮޕްބުރި ގައެވެ. މިގޮތުން މިސިޓީގައި ދިރިއުޅޭ ދިގު ނިގޫލާފައި ތިބޭ ރާމާމަކުނުތަކަށް ޚާއްސަ ފެންވަރު ރަނގަޅު ކެއުމެއް ބުފޭއެއްގެ ގޮތުގައި އަހަރަކު އެއްފަހަރު އިންތިޒާމް ކުރެވެއެވެ. މި ބުފޭގައި ދިގު މޭޒުތަކެއްގައި މޭވާ، ތަރުކާރީ އަދި ބަތް އަދި ތަފާތު ފޮނި ކާތަކެތި ރާމާމަކުނުތަކަށް ކާންދިނުމަށް ތައްޔާރުކޮށް އަތުރާލެވެއެވެ. މި ފެސްޓިވަލް އަށް ތައްޔާރުކުރުމުން ގިނަ އަދަދެއްގެ ރާމާމަކުނު އެސަރަހައްދަށް ޖަމާވެ، އުފާ ފާޅުކޮށް، ނަށައި، މި ޚާއްސަ ކެއުމުގައި ބައިވެރިވެއެވެ. މިސަރަޙައްދުގައި ދޫކޮށްލެވިފައިވާ ފައްޅިތަކުގައި ދިރިއުޅޭ 3000 ތިންހާހެއްހާ ރާމާމަކުނު ކޮންމެ އަހަރަކު މި ފެސްޓިވަލުގައި ބައިވެރިވެއެވެ.

މެލޭޝިޔާގެ ޤާނޫނު ބުނާގޮތުން ރީނދޫ ކުލައިގެ ހެދުން ލުން މަނާ

undefined

ރީނދޫ ކުލަޔަށް ލޯބިކުރާ ފަރާތްތަކަށް އޮތީ ވަރަށް ހިތާމަވެރި ހަބަރެކެވެ. ރީނދޫ ކުލަޔަކީ އެންމެ ގަޔާވާ ކުލަ ކަމުގައި ވިޔަސް މެލޭޝިޔާގައި، ރީނދޫ ކުލައިގެ ހެދުން ލުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ. މި ޤާނޫން މެލޭޝިޔާގައި ފާސްކޮށްފައި ވަނީ 2016 ވަނަ އަހަރުގައެވެ. މައުލޫމާތު ލިބޭގޮތުން މިފަދަ ނިންމުމެއް ނިންމާފައިވަނީ، އެޤައުމުގައި ގިނަ އަދަދެއްގެ ބޮޑެތި މުޒާހަރާތަކެއް، ރީނދޫ ޓީޝާޓް ލައިގެން އާންމުން ކުރުމުގެ އިތުރުން، ޕްރައިމް މިނިސްޓަރުގެ އިސްތިއުފާއަށް ގޮވައި ކުއާލާލަމްޕޫރުގެ ގިނަ މަގުތަކެއް ފުރާލުމާއި ގުޅިގެން، މިކަން ހުއްޓުވުމުގެ ގޮތުން އެޅުނު ފިޔަވަޅެއްގެ ގޮތުގައެވެ. މި ހަމަނުޖެހުމަށްފަހު، މަގުމަތީގައި ރީނދޫ ކުލައިގެ ހެދުމެއްގައި ހަރަކާތްތެރިވާ ކޮންމެ މީހަކު މުޒާހަރާ ކުރާމީހެއްގެ ގޮތުގައި ބަލައި ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެއެވެ.

ފްރާންސްގައި މަރުވެފައިވާ މީހުންނާއި ކައިވެނި ކުރެވޭ!

undefined

ފްރާންސުގެ ޤާނޫނުގެ ސިވިލް ކޯޑް ބުނާގޮތުން މަރުވެފައިވާ މީހަކާއި ކައިވެނި ކުރުމަކީ ޤާނޫނީގޮތުން އެއްވެސް ހުރަހެއް ނެތް ހުއްދަ ކަމެކެވެ. މިކަން ފްރާންސުގައި ފެއްޓިގެން އައިސްފައިވަނީ ފުރަތަމަ ބޮޑު ހަގުރާމައިގެ ދުވަސްވަރު، އެންގޭޖް ކުރެވިފައިވާ ފަރާތްތަށް، ހަނގުރާމައިގައި މަރުވެފައިވާ އެންގޭޖް ކުރެވިފައިވާ ފިރިހެނުންނާއި ކައިވެނި ކުރުމަށް ސަރުކާރުން ހުއްދަ ދިނުމާއި ގުޅިގެންނެވެ. އަދި މިކަން ޤާނޫނީ ގޮތުން ހުއްދަ ދެވިގެން ދިޔައީ، 1959 ގައި ޑޭމް އެއް ހަލާކުވެ، 420 މީހުން މަރުވެގެން ދިޔުމާއި ގުޅިގެން ލޯބިވެރިޔާ މަރުވުމުން އަންހެނަކު ލޯބިވާ ފަރާތް ދެކެ ވާ ލޯބީގެ ރަމްޒެއްގެ ގޮތުގައި މަރުވި ލޯބި ވެރިޔާއާއި ކައިވެނިކުރުމަށް ކުރި މަސައްކަތުން، މަރުވެފައިވާ މީހުންނާއި ކައިވެނިކުރުމަށް ޤާނޫނީ ހުރަހެއް ނެތްކަމަށް ކަނޑައެޅުމުންނެވެ. މަރުވެފައިވާ މީހަކާއި ކައިވެނި ކުރުމުގެ ޤާނޫނު ބުނާގޮތުން، ދިރިހުރި ފަރާތް، މަރުވެފައިވާ ފަރާތް ދިރިހުރި ފަރާތާއި ކައިވެނި ކުރުމަށް އެއްބަސް ވެފައިވާކަން ސާބިތުކުރަން ޖެހެއެވެ. އަދި ކައިވެނި ކުރާ ދިރިހުރި ފަރާތަށް މަރުވެފައިވާ ފަރާތުގެ އެއްވެސް މުދަލެއް ނުވަތަ ފައިސާއިން އެއްވެސް ބައެއް ނުލިބެއެވެ. މިގޮތަށް ޤާނޫނުގައި ލިޔެފައިވަނީ، ފައިސާގެ ދަހިވެތިކަމުގައި މަރުވެފައިވާ މީހުންނާއި ކައިވެނިކުރުން ހުއްޓުވުމުގެ ބޭނުމުގައެވެ.

މެކްސިކޯ އަކީ ދުނިޔޭގެ އެންމެ ބޮޑު ޕިރަމިޑް ހުންނަ ޤައުމެވެ.

undefined

ޕިރަމިޑްތަކާއި ގުޅުވައިގެން އެންމެ ބޮޑު މަޝްހޫރުކަމެއް މިސްރު ހޯދާފައި ވީނަމަވެސް، ޤަބޫލުކުރަން ދަތި ގޮތަކަށް ދުނިޔޭގެ އެންމެ ބޮޑު ޕިރަމިޑް ހުންނަނީ މެކްސިކޯގައެވެ. ދެކުނު އެމެރިކާއަކީ ޤަދީމީ ޒަމާނުގައި ގިނަ ޕިރަމިޑްތަކެއް ބިނާކުރެވުނު ތަނެކެވެ. މިސަރަޙައްދުން ތަރައްޤީވެ ކުރިއަރައިފައިވޤަދީމީ ހަޟާރަތްތަކާއި، މާޔަނުން ދެކުނު އެމެރިކާގައި ގިނަ ޕިރަމިޑްތަކެއް ބިނާކޮށްފައިވެއެވެ. ސެންޓްރަލް މެކްސިކޯގައި ބިނާކުރެވިފައިވާ ޗެލޫލޭ ޕިރަމިޑަކީ އާދަޔާ ޚިލާފަށް ބޮޑު ބިނާއެކެވެ. މިއީ ދުނިޔެއިން މިހާތަނަށް ފާހަގަކުރެވުނު އެންމެ ބޮޑު ޕިރަމިޑަށް ވުމުގެ އިތުރުން، މިއީ އާކިއޮލިޖިކަލް އެންމެ ބޮޑު ބިނާވެސް މެއެވެ. ޤަބޫލު ކުރެވޭގޮތުން މި ޕިރަމިޑަކީ މީގެ 2000 އެއްހާ އަހަރު ކުރިން އަޒްޓެކް އިން ބިނާކޮށްފައިވާ ޕިރަމިޑެކެވެ.

ޖަޕާނުގައި ކުއްޔަށް ކަރުނަ ފޮހެދެއެވެ.

undefined

ދިރިއުޅުމުގައި ދިމާވާ ތަފާތު ހިތްދަތި ކަންކަމާއި ގުޅިގެން ވަރަށް ގިނައިން ކަރުނަ އަޅައި ރޯންޖެހޭ ފަހަރު އާދެއެވެ. މިކަން ބޮޑަށް ފެނިގެންދަނީ އަންހެންބޭފުޅުންގެ ފަރާތުންނެވެ. ޖަޕާނުގައި ހުއްޓާ ރޯންޖެހޭ ކަމެއް ދިމާވެއްޖެނަމަ، މާބޮޑަށް ހާސްވާކަށް ނުޖެހެއެވެ. ދެވޭ ޚިދުމަތެއްގެ ގޮތުގައި އަންހެން ކުދިންގެ ކަރުނަ ފޮހެލަދޭ ޒުވާން ފިރިހެންކުދިން ކުއްޔަށް ޖަޕާނުގައި ލިބެން ހުރެއެވެ. ޖަޕާނުގައި ދެވޭ ޚާއްސަ ޚިދުމަތެއްކަމުގައިވާ "އިކެމެސޯ ދަންޝީ" ތަރުޖަމާ ކުރާނަމަ ކަރުނަ ފޮހެދޭ ރީތި ފިރިހެން ކުދިންގެ ޚިދުމަތް ވެގެންދެއެވެ. ޓޯކިޔޯގައި ޤާއިމްވެފައިވާ މަޝްހޫރު ކުންފުންޏަކުން ރަޖިސްޓްރީކޮށްގެން ޒުވާން ރީތި ފިރިހެނުންގެ ޚިދުމަތް ބޭނުންވާ ކަސްޓަމަރަކަށް ފޯރުކޮށްދެއެވެ. މިކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި އަންހެން ކުދިންގެ ކަރުނަ ފޮހެދިނުން، އެކުގައި ފިލްމެއް ބަލާލަން ދިޔުން ފަދަ ޚިދަމް ހިމެނެއެވެ. އަދި ޖަޕާނުގެ އިތުރު ކުންފުންޏަކުން އިންސާނުންގެ ޖަޒުބާތުތައް ކޮންޓްރޯލް ކުރުމަށް އެހީތެރިވުމުގެ ގޮތުން އިތުރު ޚިދުމަތްތަށް ތަޢާރަފްކޮށްފައި ވެއެވެ. މިގޮތުން ކުއްޔަށް ރައްޓެހިންގެ ޚިދުމަތް ފޯރުކޮށްދިނުންވެސް ހިމެނެއެވެ. އަދި މީގެ އިތުރުންވެސް ތަފާތު ކުންފުނިތަކުން މިފަދަ އިތުރު ކުލީ ޚިދުމަތްތަށް ތަޢާރަފްކޮށްފައި ވެއެވެ.

ނިއުއޭގެ ބޭނުންކުރާ ފައިސާގައި ތަފާތު ކާޓޫން ކެރެކްޓާ

undefined

ނިއުއޭއަކީ ޕެސިފިކް ކަނޑުގެ ދެކުނުގައި އޮންނަ ޖަޒީރާ ޤައުމެކެވެ. މިޤައުމުގައި ބޭނުންކުރާ ދެ ފައިސާގެ ތެރޭގައި ނިއުޒިލެންޑް ޑޮލަރު އަދި ނިއުއޭގެ ޑޮލަރު ހިމެނެއެވެ. މިކުޑަ ޤައުމު މަޝްހޫރުވެފައި ވަނީ، ފައިސާ ފޮތީގައި ތަފާތު މަޝްހޫރު ކާޓޫނު ކަރެކްޓަރ ހިމަނައިގެން ތައްޔާރުކޮށް ބޭނުންކުރާ ޤައުމެއްގެ ގޮތުގައެވެ. މިގޮތުން މަޝްހޫރު ކާޓޫނުތައް ކަމުގައިވާ މިކީ މައުސް، ޑިޒްނީ ޕްރިންސެސް، އަދި ޕޯކެމަން ފަދަ ކާޓޫނުތަކުގެ ފޮޓޯ ބޭނުންކުރެއެވެ. މީގެ އިތުރުން 2011 ގައި މިޤައުމުން ތައްޔާރު ކޮށްފައިވާ ފައިސާ ފޮތިތަކުގައި ސްޓާވާޒް ގެ ފޮޓޯ ހިމަނާފައި ވެއެވެ. މިފައިސާ ފޮތިތަކަކީ، ދުނިޔޭގެ ބޮޑު ސަމާލުކަމެއް ހޯދާފައިވާ، ތަފާތު ޤައުމުތަކުގެ ފައިސާފޮތިތަށް އެއްކޮށް ރައްކާ ކުރާ ފަރާތަކުންވެސް އެފަރާތްތަކުގެ ކަލެކްޝަންގައި އެންމެ ހިމަނަން ބޭނުންވާ ފައިސާ ފޮތިތަކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ