
Barack Obama
ނެޓްފްލިކްސްގެ ޑޮކިއުމެންޓްރީ ސީރީޒް "އަވަރ ގްރޭޓް ނެޝަނަލް ޕާކްސް" ގައި ބަރަކް އޮބާމާ ކުރެއްވި މަސައްކަތްތަކަށް އައުޓްސްޓޭންޑިން ނެރޭޓަރ ކެޓަގަރީއިން އެމީ އެވޯޑް ލިބިވަޑައިގެންފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގައުމީ ޕާކުތައް ހިމެނޭ ފަސް ބައިގެ މައްޗަށް އެކުލެވޭ މި ސީރީޒް ޕްރޮޑިއުސްކުރަނީ ބަރަކް އާއި މިޝޭލް އޮބާމާގެ ޕްރޮޑަކްޝަން ކުންފުނި ހަޔާ ގްރައުންޑުންނެވެ.
2017 ވަނަ އަހަރު ބަރަކް ވެރިކަމުން ވަކިވުމަށްފަހު މި ދެމަފިރިން އެ ކުންފުނި އުފެއްދީ ނެޓްފްލިކްސްއާ އެކު ހެދި މިލިއަން ޑޮލަރެއްގެ ޑީލަކާއި އެކުގައި އެވެ.
މި ކެޓަގަރީގައި އޮބާމާއަށް ވަރުގަދަ ވާދަވެރިކަމެއް އޮތީ ކަރީމް އަބްދުލް-ޖަބްބާރުގެ ބްލެކް ޕެޓްރިއޮޓްސް: ހީރޯސް އޮފް ދަ ސިވިލް ވޯ، ސަރ ޑޭވިޑް އެޓެނެބްރޯގެ ފޯ ދަ މެޓިން ގޭމް އަދި ޑަބްލިއު ކަމާއު ބެލްގެ ވީ ނީޑް ޓު ޓޯކް ކޮސްބީ އަދި ލުޕިތާ ނިޔޯންގްއޯ ފޯ ސެރެންގެޓީ 2 އެވެ.
އެމެރިކާގެ ކުރީގެ ރައީސްގެ ހަނދާންތަކުގެ މައްޗަށް އުފެއްދި "ދަ އޮޑެސިޓީ އޮފް ހޯޕް އެންޑް އަ ޕްރޮމިސްޑް ލޭންޑް" ގެ އޯޑިއޯބުކް ރީޑިންއިން އޮބާމާ ވަނީ ގްރެމީ ދެ އެވޯޑު ވެސް ހޯދާފައެވެ.
އޭނާ މިހާރު ވަނީ އީގޯޓް ނުވަތަ އެމީ، ގްރެމީ، އޮސްކާ އަދި ޓޯނީ އެވޯޑް ލިބިފައިވާ ފަރާތަކަށް ވުމާއި ވަރަށް ކައިރީގައެވެ.
ގުޅުންހުރި
