logoEN
ޕީއެންސީ 2
ތިނަދޫ އިން ކޮވިޑް19 އަށް މީހަކު ޕޮޒިޓިވް ވެއްޖެ

ތިނަދޫ އިން ކޮވިޑް19 އަށް މީހަކު ޕޮޒިޓިވް ވެއްޖެ

އަޙްމަދު ޖަމީލު

logo

1/18/2021, 10:55:08 AM

B849B488-489D-4B36-92BD-87034EAE93ED

ގދ.ތިނަދޫ އިން ކޮވިޑް19 އަށް މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ޝަރީ 2024

“ގާފު” ނޫހަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދް ވިދާޅުވީ، ޕޮޒިޓިވް ވެފައިވަނީ ކަރަންޓީނުގައި ހުރި މީހެއް ކަމަށެވެ.

މީގެ އިތުރުން އަމްޖަދު ވިދާޅުވީ ކަރަންޓީންގަ ތިބި މީހުން، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަރަންޓީންގެ އުޞޫލްތަކަށް ފުރިހަމަޔަށް އަމަލުކުރުމަށް އެދޭކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވް ވެފައި ވަނީ ބިދޭސީ ފިރިހެނެކެވެ. އަދި އެމީހާ އަކީ އެ ރަށު ސްކޫލެއްގައި މަސައްކަތް ކުރާ ބިދޭސީ ޓީޗަރެކެވެ.

އެ ބިދޭސީ މީހާ ކޮވިޑް-19 އަށް ފައްސިވި ކަން އެނގުނީ ކަރަންޓީންގެ މުއްދަތު ހަމަވެގެން ހެދި ޓެސްޓްގެ ނަތީޖާ ފައްސިވެގެންނެވެ.

ގއ. ދެއްވަދޫން ކޮވިޑަށް ޕޮޒިޓިވް ކޭސްތަކެއް ފެނުމުން ތިނަދޫގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް ވަނީ ރެންޑަމް ސާމްޕަލްތަކެއް ނަގައިފަ އެވެ. އަދި ތިނަދޫން ދެއްވަދޫއަށް ގޮސްފައިވާ މީހަކު އެރަށުގައި ހުރިނަމަ ކަރަންޓީނުވުމަށް ވަނީ އަންގައިފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ