logoEN
cocacola
ބިރުގެ ސަބަބުން ދިރިއުޅުމަށް ރަނގަޅު ބަދަލުތަކެއް އާދޭ!

ބިރުގެ ސަބަބުން ދިރިއުޅުމަށް ރަނގަޅު ބަދަލުތަކެއް އާދޭ!

ގާފު އެޑިޓޯރިއަލް

logo

1/18/2021, 12:44:15 PM

Friends having fun on social media.

ކަންކަމާއި ބިރުގަންނަ މީހުންގެ، ބިރުގަތުން ނުވަތަ ކަންކަމާއި ކުރިމަތިލާން ނުކެރުން ކަނޑުވާލުމަށް ސައިކޯ ތެރަޕީގެ އިތުރުން އިތުރު އާ ފަރުވާއެއް ނަފުސާނީ މާހިރުން އަންނަނީ ބޭނުންކުރަމުންނެވެ. މިގޮތުން ކަންކަމާއި ކުރިމަތިލާން ނުކެރުމާއި، ބިރާއި ކުރިމަތިލަން ދަސްކޮށްދިނުމަށް ޒަމާނީ ޓެކްނޮލޮޖީ ވާޗުއަލް ރިއަލިޓީގެ ބޭނުން ހިފައެވެ. ގިނަ މީހުން އެއްވާ ތަންތަނުގައި އުޅެން ޖެހިލުންވާ މީހުންގެ މި ބިރު ކަނޑުވާލުމަށް، ވާޗުއަލް ރިއަލިޓީގެ އެހީގައި ގިނަ މީހުން އުޅޭ ތަނަކަށް އެމީހާ އުޅުމުގެ އިހްސާސް ގެނުވައެވެ. މީގެ ސަބަބުން ކުރިމަތިލާން ބޭނުން ނުވާ ތަފާތު ބިރާއި ކުރިމަތިލާން ކެރި ދިރިއުޅުމަށް ބޮޑެތި ބަދަލުތަށް ގެނުވައެވެ.

ގޮސިޔާ

ނަމަވެސް ބިރަކީ ތާއަބަދު، ފަރުވާ ހޯދަންޖެހޭ އެއްޗެއް ނޫނެވެ. މީގެ އިތުރުން ބިރަކީ ދިރިއުޅުމުގައި ތަފާތު ކަންކަން ހަމަމަގަށް އެޅުމަށް ފުރުޞަތު ހުޅުވާލަދީ ދިރިއުޅުމަށް ރަނގަޅު ބަދަލުތަކެއް ގެނުވާ އެއްޗެކެވެ. މިގޮތުން މިލިޔުމުގައި ބިރުގެ ސަބަބުން ދިރިއުޅުމަށް ގެނުވާ ތަފާތު ރަނގަޅު ބަދަލުތަކުގެ މަޢުލޫމާތު ހިމަނާލަމެވެ.

ބިރުގެ ސަބަބުން ބަރުދަން ލުއިވޭ

undefined

އެއްވެސް ކަމަކާއި ބިރު ނުގަންނަ މީހަކަށް ވުރެ ގިނައިން، ތަފާތު ކަންކަމާއި ބިރުގަންނަ މީހުންގެ ހަށިގަނޑުން ގިނަ ކެލޮރީސް އަދައިގެން ދެއެވެ. ބިރުގަތުމުން ހަށިގަނޑުގެ ވިންދު އަވަސްކޮށްދެއެވެ. މީގެ ސަބަބުން ހަށިގަނޑުން ސްޓްރެސް ހޯމޯން އެޑްރެނޭލިން ހަށިގަނޑުގައި ދައުރު ކުރުވައެވެ. މީގެ ސަބަބުން ހަށިގަނޑުގެ ހަކަތަ އުފެއްދުމުގެ މަސައްކަތް އަވަސްވެ، ހަކުރު ފަދަ ތަކެތި އަވަހަށް ބޭނުންކޮށް،ސަރުބި ފަދަތަކެތި އަވަހަށް ހަށިގަނޑުން ގިނައިން އަންދާލައެވެ. ލަންޑަންގެ ޔުނިވާސިޓީ އޮފް ވެސްޓްމިނިސްޓާ ގައި ނަފްސާނީ ޢިލްމުވެރިން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި، ބިރުވެރި ފިލްމު ބަލައިގެން، ދިރާސާގައި ބައިވެރިވި ފަރާތްތަކުގެ ހަށިގަނޑުން، 113 ކެލޯރީ އަނދައިގެން ގޮސްފައިވެއެވެ. މިއީ 30 މިނެޓް ހިނގުމުން އަންދާލެވޭ ކެލޮރީއާއި އެއްވަރުގެ އަދަދެކެވެ.

ބިރުގަތުމުން ހަށިގަނޑުގެ ދިފާޢީ ނިޒާމް އޭގެ އެންމެ ފުރިހަމަ ހާލަތަށް ގެނުވާ

undefined

ބިރުގަތުމުން ހަށިގަނޑުގެ ދިފާޢީ ނިޒާމް އޭގެ އެންމެ ފުރިހަމަ ހާލަތަށް ގެނުވާކަން، އިނގިރޭސިވިލާތުގެ ޔުނިވާސިޓީއެއް ކަމުގައިވާ ކޮވެންޓްރީ ޔުނިވާސިޓީ އިން ކޮށްފައިވާ ދިރާސާއަކުން ހާމަވެގެން ގޮސްފައިވެއެވެ. މިދިރާސާގައި، ބައިވެރިވި ފަރާތްތަކުގެ ލޭގެ ޓެސްޓްތަކެއް ކުރުމަށްފަހު، ބައިވެރިންނަށް ބިރުވެރި ފިލްމު ދައްކާފައި ވެއެވެ. އަދި ފަހުން ދެވަނަ ފަހަރަށް ލޭގެ ޓެސްޓްތަކެއް ހަދައި ބެލި ބެލުމުން، ކުރީގެ ޓެސްޓްތަކާއި ތަފާތުކޮށް ލޭގައި ވައިޓް ބްލަޑް ސެލްސް އިތުރުވެފައި ވެއެވެ. ހަށިގަނޑުގައި ވައިޓް ބްލަޑް ސެލްސް އިތުރުވެފައި ވަނީ ހަށިގަނޑަށް ބިރު އިހުސާސް ވުމުންނެވެ. ވައިޓް ބްލަޑް ސެލްސް އަކީ ތަފާތު ބަލިތަކާއި ދެކޮޅަށް ހަރަކާތްތެރިވެ، ހަށިގަނޑުގެ ސެލްތައް ރިޕެއަރކޮށް، ހަށިގަނޑުގެ ދިފާއީ ނިޒާމެއްގެ ގޮތުގައި ހަރަކާތްތެރިވާ ލޭގައި އެކުލެވޭ ސެލްތަކެކެވެ. ހަށިގަނޑުގައި ވައިޓް ބްލަޑް ސެލްސް އިތުރުވީ ވަރަކަށް ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަވެގެން ދެއެވެ.

ބިރުގެ ސަބަބުން، ކަންކަން ކުރުމަށް އިތުރު ބާރަކަށްވެ ޝައުޤުވެރިކުރުވާ

undefined

ބިރުގަތުމުން ހަށިގަނޑުގައި އުފެދޭ ހަމައެކަނި ހޯމޯނަކީ އެޑްރެނޭލިން އެއް ނޫނެވެ. ބިރުގެ ސަބަބުން ހަށިގަނޑުން އުފައްދާ އިތުރު ހޯމޯނެއްގެ ތެރޭގައި ސެރޯޓޮނިން ވެއެވެ. މި ހޯމޯނުގެ ސަބަބުން ސިކުނޑީގެ މަސައްކަތަށް އިތުރު ބާރެއް ގެނެސްދެއެވެ. އެހެންކަމުން ބިރަކީ ސިކުނޑިއަށް އިތުރު ހަކަތަ ލިއްބައިދޭ އެއްޗެކޭވެސް ބުނެވިދާނެއެވެ.

މިސާލެއްގެ ގޮތުން، ދުވާ މީހަކު، އެއް މަގެއްގައި ދުވާ ނަމަ، މިކަން ވެގެންދާނީ އެމީހަކަށް އާންމު ކަމަކަށެވެ. ނަމަވެސް އެއީ ނުދަންނަ އާ ތަނެއްގައި ދުވާނަމަ، މިސާލަކަށް ޖަންގަލި ތެރޭގައި ހެދިފައިވާ މަގެއްގައި ދުވާނަމަ، ތަނުގެ ގޮތް ނޭނގޭތީ ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ހުންނާނެއެވެ. މި ބިރުވެރިކަމުގެ ސަބަބުން، ވަށައިގެންވާ މާހައުލުން އިވޭ ކޮންމެ އަޑަކަށް ފަރުވާތެރިވެ، ސިކުނޑި އޭގެ އެންމެ ފުރިހަމަޔަށް މަސައްކަތް ކުރަން ފަށައެވެ. ތަފާތު އާ ކަންކަން ތަޖުރިބާ ކުރަން ސިކުނޑި ބޭނުންވެއެވެ.

ބިރުގެ ސަބަބުން އެހެން މީހުންނާއި އޮންނަ ގުޅުން ރަނގަޅުވެގެންދޭ

undefined

ބިރުގަތުމުން ހަށިގަނޑުން އޮކްސީޓޮސިން ކިޔާ ހޯމޯނެއް އުފައްދައެވެ. މިހޯމޯނުގެ ސަބަބުން ކައިރީގައި އުޅޭ އެހެން ފަރާތްތަކާއި ގާތް ގުޅުމެއް އުފެއްދުމަށް ބާރުއަޅައެވެ. ޤުދުރަތީގޮތުން، އަހަރަމެން އިންސާނުންގެ ކިބައިގައި، ސާވައިވަލް އިންސްޓިންކްޓް ނުވަތަ ނުރައްކާތެރި ހާލަތްތަކުން އަރައިގަންނާނެ ގޮތް ނުވަތަ އެފަދަ ހާލަތުގައި ހަށިގަނޑަށް އަންނަ ބަދަލުތައް ލައްވާފައި ވެއެވެ. މީގެ ފުރިހަމަ މިސާލަކީ، އެއް ސޯފާއެއްގައި ތިބެގެން ބިރުވެރި ފިލްމެއް ބަލާއިރު، ބިރުގަންނަ ވަގުތުތަކުގައި އެއްވެސް އިޚްތިޔާރަކާއި ނުލައި ކާރީގައިން އިންނަ މީހާގެ އަތުގައި ހިފުން ނުވަތަ ކައިރިވުން ފަދަ ހަތަކާތް ކުރެވެއެވެ.

ބިރުގެ ސަބަބުން ކަންކަމުގައި ފޯކަސް އިތުރުކޮށް ސަމާލުކަން އިތުރުކޮށްދޭ

undefined

މުސްތަޤުބަލާއި ދޭތެރޭ ވިސްނާނަމަ، ނުވަތަ ގޮތް ނޭނގޭ ކަންތައްތަކަކާއި ވިސްނުމުން ފިކުރު ބޮޑުވެ ކަންބޮޑުވެ، ބިރުވެރިކަން ހިތަށް ވެރިވެގެން ދެއެވެ. މިފަދަ ކަމަކާ އިންސާނާ ވިސްނާއިރު، ހަށިގަނޑުގައި އުފައްދާ އެޑްރިނޭލިންގެ ސަބަބުން މީހާ ހާސްވެ ކަންބޮޑުވާއިރު، އިތުރު ހޯމޯނެއް ކަމުގައިވާ ނޮރެޕިންފްރިން ހަށިގަނޑުން އުފައްދައެވެ. މި ހޯމޯނުގެ ސަބަބުން ސަމާލުކަން އިތުރު ކުރުވައި، ބިރުގަނެ އަތުންފައިން ގޯސްހެދުން ހުއްޓުވައެވެ. ނޮރެޕިންފްރިން އަކީ ހާސްވެ ކަންބޮޑުވާ ހާލަތްތަކުގައި ހަށިގަނޑު ހަމަޔަކަށް އަޅުވައި ހަމަ ވިސްނުން ގެނުވާ ހޯމޯނެކެވެ. ޑިޕްރެޝަންއަށް ތައްޔާރުކުރެވޭ ބޭސްތަކުގައި މިމާއްދާ ބޭނުންކުރެވެއެވެ.

ބިރުގެ ސަބަބުން ތަފާތު ނުރައްކަތެރި ހާލަތުން ސަލާމަތް ކުރުވާ

undefined

އަނދިރި މަގަކުން ރޭގަނޑު އެކަނި ހިނގާފައި ދާއިރު، ފަހަތުން މީހެއްގެ ފިޔަވަޅު އިވުމުން، އަމަލުކުރަންވީގޮތެއް ވިސްނަން އަހަރަމެން މާގިނަ ވަގުތެއް ހޭދަނުކުރަމެވެ. އަދި ވީ އެންމެ ބާރަކަށް ހިނގައި އަލި ހިސާބަކަށް ނުވަތަ ކައިރީގައިވާ އެންމެ ރައްކާތެރި ތަނަކަށް ދިޔުމަށް އަވަސްވެގަނެއެވެ. ބިރުގެ ސަބަބުން، ސިކުނޑިން ނިންމުންތަށް ވަގުތުން ނިންމައި، ކަންކަމުގައި ހައްލު ހޯދުމަށް މަގުފަހިކޮށްދެއެވެ. ތަފްޞީލަށް ގޮސް، ހަދަންވީ ކިހިނެއްތޯ ވިސްނައި، އަސްލުވެސް މީހަކު ފަހަތުގައި ހުރިތޯ؟ އެއީ އިންސާނެއްތޯ ނުވަތަ އެއީ ހީވި ގޮތެއްތޯ ބަލައި ހާލަތު ދިރާސާކުރުމުގެ ބަދަލުގައި ބިރުގެ ސަބަބުން ވަގުތުން ވަގުތަށް ދެން ހަދަންވީ ގޮތް ނިންމައި، ނުރައްކާތެރި ހާލަތުން މީހާ ސަލާމަތް ކުރުވައެވެ.

ބިރުގެ ސަބަބުން، ރަނގަޅު ބަދަލުތައް ގެނުވާ

undefined

ޑޮކްޓަރަށް ދެއްކުމުން، ލޭގެ ޓެސްޓުން ހަކުރު ބޮޑުތަނުން މަތިކަން އެނގި، ހަކުރު ބަލި ޖެހުމުގެ ފުރުޞަތު ވަރަށް ބޮޑުކަން ހާމަވެއްޖެ ނަމަ، ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމަކާއި، ބިރެއް ކުރިމަތި ކުރުވައެވެ. ހަކުރުބަލި ޖެހުމުން، ދިމާވާ މައްސަލަތަކާއި ނުރައްކާ އަހަރަމެންނަށް އެނގެއެވެ. މިފަދަ ބިރެއްގެ ސަބަބުން، ޑޮކްޓަރުގެ ބަސް ޤަބޫލުކޮށް، ކެއުމުގައި ހަކުރުގެ ބާވަތް މަދުކޮށް، ރަނގަޅު ޑައެޓެއް ނަގައި، އެކްސަސައިޒް ކުރަން ފެއްޓެއެވެ. ނަތީއްޖާއެއްގެ ގޮތުން ހީވެސް ނުކުރާ ރަނގަޅު ބަދަލު މީހާއަށް ގެނުވައި، ދުޅަހެޔޮ ސިއްޙަތެއް ލިބިގެން ދެއެވެ. މިފަދަ ބިރަކާ ނުލައި، ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް، ސިއްހަތަށް އިސްކަންދޭ މީހަކަށް މީހާ ބަދަލުވުމަކީ ވަރަށް ދުވަހުން ނޫނީ ނުވާނެ ކަމެކެވެ.

ބިރުގެ ސަބަބުން ހީވެސް ނުކުރާ ކަންކަން ދިރިއުޅުމުގައި ހާޞިލްވޭ!

undefined

ބައެއް މީހުންގެ ދިރިއުޅުމުގައި ޚާއްސަ ނަފްސާނީ ޙާލަތްތަކެއް ކުރިމަތިވެއެވެ. ކޮރޯނޯސް ސިންޑްރޯމަކީ މިފަދަ ހާލަތެކެވެ. މިފަދަ ހާލަތްތަކުގައި ދިރިއުޅުމުގައި އޭނާގެ މަޤާމު އެހެން އިތުރު މީހަކު އަތުލާފާނެ ކަމުގެ ބިރާއި ކުރިމަތިލާންޖެހެއެވެ. މިއީ މަސައްކަތުގެ މާހައުލު، ލޯބީގެ ގުޅުން ނުވަތަ އާއިލާގެ ތެރެއިން ކުރިމަތިވާ ކަމަކަށްވެސް ވުން އެކަށީގެންވެއެވެ.

ނަފްސާނީ ޢިލްމުވެރިން ވިދާޅުވާގޮތުގައި، މިފަދަ ބިރެއް ދިރިއުޅުމުގައި ކޮންމެވެސް މިންވަރަކަށް ކުރިމަތިވުމުން، މިކަން މިގޮތަށް ނުވާނޭކަން ދެއްކުމަށް އަދި މުހިންމު މީހަކަށް ވުމަށް ގަދައަޅައި ކުރެވޭ މަސައްކަތުން ހަމަ އެގޮތަށް ނަތީޖާ ނުކުމެގެން ދެއެވެ. ނަމަވެސް ދިރިއުޅުމުގައިވެސް، މަސައްކަތުގެ މާހައުލުގައިވެސް ތިމާގެ މަސައްކަތް އިތުރުމީހަކަށް ނުކުރެވޭނެކަން ނުވަތަ، ދިރިއުޅުމުގައި ތިމާގެ މަޤާމް އެހެން މީހަކަށް ނުނެނގޭނެ ކަމުގެ އިތުބާރު އޮތް މިންވަރަކަށް ކަންކަމާއި ފަރުވާ ކުޑަވެ، ދިރިއުޅުމުގައިވެސް އަދި މަސައްކަތުގެ މާހައުލުގައިވެސް ފަރުވާކުޑަވެގެން ދެއެވެ.

undefined

ބިރަކީ އޭގެ ބޮޑު ގެއްލުމެއް ނަފްސާނީގޮތުންނާއި ޖިސްމާނީ ގޮތުން ކުރިމަތިކުރުވާ ކަމަކަށް ވެފައި ވީނަމަވެސް، ދިރިއުޅުން ހަމަ މަގަށް އަޅުވަން ބިރުގެ އިހްސާސް ކޮންމެވެސް ވަރަކަށް އިންސާނުން ބޭނުންވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ