ދިވެހި ރާއްޖެއަށް ނަގުދު ފައިސާ އެތެރެކޮށް، ބޭރުކުރާ މިންވަރު ރިޕޯޓްކުރުމުގެ ޤަވާއިދަށް ގެނައި ބަދަލުތަކަށް މިއަދު، 17 ޖެނުއަރީ 2021 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.
މިޤަވާއިދަށް އަމަލުކުރަން ފެށުމުން، މިއަދުން ފެށިގެން، ދިވެހިރާއްޖެއަށް ދިހަހާސް ޑޮލަރު ނުވަތަ އެއަށްވުރެ މަތީ ޢަދަދެއްގެ ނަގުދު ފައިސާ އެތެރެ ކުރާނަމަ ނުވަތަ ރާއްޖެއިން ބޭރުކުރާ ނަމަ ކުރިން ކަސްޓަމްސްއަށް ރިޕޯޓް ކުރަން ޖެހޭނެއެވެ.
މަނީ ލޯންޑްރިންނާއި ޓެރަރިޒަމަށް ފައިސާ ހޭދަކުރުން ހުއްޓުވުމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ އަދަދު ދަށްކޮށްފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން 23 ޑިސެމްބަރ 2020 ގައި ހާމާކޮށްފައިވެއެވެ. އަދި ދިހަހާސް ޑޮލަރު ނުވަތަ އެއަށްވުރެ މަތީގެ ޢަދަދަކުން ރާއްޖެއަށް ފައިސާ އެތެރެކޮށް ނުވަތަ ބޭރުކުރާ ނަމަ ކަސްޓަމްސްއަށް ރިޕޯޓް ކުރަން ޖެހޭނެކަން މިއިސްލާހުގައި ކަނޑައަޅާފައެވެ. މިބަދަލަށް ރަސްމީކޮށް އަމަލުކުރަން މިއަދުން ފެށިގެން ވަނީ ފަށާފައެވެ.
????????Effective from 17th January 2021, ????????Cash value USD 10,000 or more ( or its equivalent ) in Ruffiyya or foreign currency must be declared to Customs.
Link to 2nd Amendment of Regulation: https://t.co/ZE6GePS2Lc
Link to Cash Declaration form: https://t.co/fi7s09K4KL pic.twitter.com/mZfqhfFKgn
— Maldives Customs (@CustomsMv) January 16, 2021