logoEN
ކޮކާކޯލާ
ކޫއްޑޫގައި ފުޓުބޯޅަ ކުޅެން ހުރި ޒުވާނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ކޫއްޑޫގައި ފުޓުބޯޅަ ކުޅެން ހުރި ޒުވާނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

Admin

logo

1/16/2021, 9:02:43 PM

ބްރޭކިންގް Breaking

ގއ.ކޫއްޑޫގައި ފުޓުބޯޅަ ކުޅެން ހުރި ޒުވާނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

އަބުޅޯ

ނިޔާވެފައި ވަނީ ގއ. މާމެންދޫ، ޒުވާނެކެވެ. އޭނާ ވަޒީފާ އަދާ ކުރަމުން ދަނީ ގއ. ކޫއްޑޫގެ ޖެޓީ ސުޕާވައިޒަރަކަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި އޭނާ ނިޔާވެފައި ވަނީ މިއަދު ހަވީރު 17:30 ހާއިރު އެވެ.

”ގާފު” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ކުޅެން ހުއްޓާ އިދިފުށަށް ވެއްޓުނީއެވެ. އެއާއެކު އޭނާ ވަނީ ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ވިލިނގިލީ ކައުންސިލާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެރަށަށް އޭނާ ގެނައި އިރުވެސް ވަނީ ނިޔާވެފައެވެ. އަދި އޭނާ ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.

މިހާރު އެ ޒުވާނާ ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ

މާތް اَللّٰهُ މައްޔިތާ އަށްް ފާފަ ފުއްސަވައި, ސުވަރުގެ މިންވަރު ކުރައްވާށި! އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ