ގއ . ދާންދޫއިން ކޮވިޑް-19 އަށް އިތުރު ފަސްމީހަކު ފައްސިވެއްޖެ އެވެ.
ދާންދޫއިން އިތުރު ކޭސްތަކެއް ފެނުމާއިއެކު އެރަށުގައި މިހާރު އެކްޓިވް ކޭސްގެ އަދަދަކީ 7 ކެވެ. ދާންދޫއިން މީގެ ކުރިން ދެމީހަކު ވަނީ ޕޮޒިޓީވް ވެފައެވެ. މިއާއި އެކު ދާންދޫ އޮތީ މޮނީޓަރިންގ ހާލަތުގައި އެވެ.
ގއ އަތޮޅުގެ އިތުރު ދެ ރަށަކުންވެސް ކޮވިޑަށް ފައްސިވެފައިވާ ފަރާތްތަށް ވަނީ ފެނިފައިއެވެ. އެގޮތުން އެއަތޮޅުގައި އެންމެ ބޮޑަށް ކޮވިޑް ފެތުރިފައިވަނީ ގއ ދެއްވަދޫގައި އެވެ. ދެއްވަދޫގައި މިވަގުތު ކޮވިޑަށް ފައްސި 54 ކޭސް ވަނީ ފެނިފައިއެވެ. އަދި ގއ ވިލިނގިލިން 2 ކޭސްވަނީ ފެނިފައި އެވެ. ވިލިނގިލިން ފެނިފައިވަނީ ދާންދޫ ކްލަސްޓާގެ ކޭސްތަކެކެވެ.
ގއ އަތޮޅުން އެންމެ ފުރަތަމަ ކޭސްތަށް ފެންނަން ފެށީ ދެއްވަދޫއިންނެވެ. ދެއްވަދޫން އެންމެ ފުރަތަމަ ކޮވިޑް ކޭސްއެއް ފެނުނީ މިދިޔަ މަހު 24 ވަނަ ދުވަހު ކަރަންޓީންގައި ހުރި މީހަކު ޕޮޒިޓިވްވެގެންނެވެ. މީގެ ކުރިން ބެލިފައި އޮތް ގޮތުގައި ރަށަށް ބަލި ފެތުރުނީ އެމީހާގެ ފަރާތުންނެވެ. އެހެން ނަމަވެސް އެޗްއީއޯސީން ބުނި ގޮތުގައި، މިހާތަނަށް ފެނުނު ކޭސްތަކަށް ބަލާއިރު ބަލި ރަށު ތެރެއިން މާ ކުރިންވެސް ފެތުރިފައިވާކަމަށް ލަފާ ކުރެވެ އެވެ.
ދެއްވަދޫ ކްލަސްޓާއާ ގުޅުންހުރި ކޭސްތައް ހުޅުމާލެއާއި ލ. ފޮނުދޫއިންވެސް ފެނުނެވެ. އެއީ ލ. ފޮނަދުއިން ޕޮޒިޓިވްވި ހަތަރު މީހަކާއި ހުޅުމާލެއިން ޕޮޒިޓިވްވި ދެ މީހެކެވެ.