ދެއްވަދޫ ކްލަސްޓާގައި ފައްސިވި މީހުންގެ ޖުމްލަ އަދަދު 55 އަށް

ދެއްވަދޫ ކްލަސްޓާގައި ފައްސިވި މީހުންގެ ޖުމްލަ އަދަދު 55 އަށް އަރާއިފިއެވެ.

ދެއްވަދޫ ކައުންސިލުން ވިދާޅުވީ އެރަށުން އިތުރު 11 މީހަކު ފައްސިވެފައިވާކަން ރޭ އެޗްޕީއޭ އިން އަންގާފައިވާ ކަމަށެވެ. އެއަދަދާއި އެކު ޖުމްލަ އަދަދު ވަނީ 55 އަށް އަރާފައެވެ.

"ގާފު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކްލަސްޓާގައި އެންމެ ފަހުން ފައްސިވެފައިވަނީ ކުރިން ފައްސިވި ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމު ހާސިލުކުރަމުންދިޔަ ދާންދޫގެ ދަރިވަރާއި ރޫމް ޝެއަރކުރާ އެސްކޫލްގެ ދަރިވަރިވަރެކެވެ.

މިމަހުގެ ހަތް ވަނަ ދުވަހު ދެއްވަދޫން ކޮވިޑް-19 އަށް ފައްސިވި މީހަކާ ބައްދަލުވި އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ފައްސިވުމުން އެރަށަށް އަރައި ފޭބުން މަނާ ކުރިއެވެ. ކޮވިޑަށް ފައްސި ހަތް ކޭސް ފެނުމާއެކު އެރަށް މޮނީޓަރިންގަށް ލެވި، ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތުގެ ތެރެއިން ރޭންޑަމް ސާމްޕަލް ވެސް ނަގަން ފެށުނެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް