logoEN
Sto top
ޒުވާނުންނަށް އުއްމީދީ ޚަބަރެއް އާރު.ޑީ. ސީ އިން ދެއްވައިފި!

ޒުވާނުންނަށް އުއްމީދީ ޚަބަރެއް އާރު.ޑީ. ސީ އިން ދެއްވައިފި!

RDC MD

ޒުވާނުން ވަޒީފާނެތި މަގުމަތިވުމަކީ މިސަރުކާރުން ބޭނުންވާ ގޮތެއް ނޫނެވެ.

Wamco

ހަޔާތުގެ ކޮންމެވެސް ހިސާބަކުން ގޯސްތަކެއް ނުވަތަ ކުށްތަކަށް އަރަގަނެވިފައިވާ ޒުވާނުންވެސް ބާކީ ނުކޮށް ޒިންމާދާރު ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމަޢަށް ނެރުމަކީ، އާރު ޑީސީގެ އަމާޒެކެވެ. ޒުވާނުންނަށް ފަހި ފުރުޞަތުތަކެއް ހޯދައި ދިނުމަށް އާރު. ޑީ. ސީ އިން ގަދައަޅާ މަސައްކަތް ކުރާނެކަމަށް ގާފު ނޫހަށް މައުލޫމާތު ދެމުން، އެކުން ފުނީގެ ޒުވާން މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މޫސާ އަލިމަނިކު ވަނީ ވިދާޅުވެއެވެ.

undefined

އެމް.ޑީގެ ބަހަކީ ޒުވާނުން މާޔޫސް ނުވެ އާރު. ޑީ. ސީ އާއި އެކު ކުރިޔަށްދިޔުމަށް ޒުވާނުން އައުމެވެ. އަދި އާރު. ޑީ. ސީ ގެ ދޮރު އަބަދުވެސް ޒުވާނުންނަށްޓަކައި ހުޅުވިފައި ހުންނާނެއެވެ. އަދި ޒުވާނުންގެ އިޙްސާސްތަށް ވަރަށްބޮޑަށް އެނގިލައްވާކަމުގައި އެމް.ޑީ ވިދާޅުވެއެވެ. ހުވަދޫގެ ޒުވާނުންނަށްވެސް ރަނގަޅު ފާގަތި މުސްތަޤްބަލެއް އާރު.ޑީ. ސީ އާއި އެކު ލިބިގެންދާނެކަމުގައި ޤަބޫލުކުރައްވައެވެ.

އާރު. ޑީ. ސީ ގެ ޓީމާއި ގުޅިގެން ޒުވާނުން، ރަނގަޅު މުޖުތަމަޢުއަށް ފައިދާހުރި ޒިންމާދާރު ބަޔަކަށް ހެދުމުގެ ފުރުޞަތު، އެއްވެސް ތަފާތުކުރުމެއް ނެތި، އާރު. ޑީ. ސީ ގެ ތެރެއިން ހޯއްދަވައި ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެމް.ޑީ ދެއްވައެވެ. ކުށުގެ ރެކޯޑް ހުރުމުގެ ސަބަބުން ވަޒީފާ ނުލިބި ތިބި ފަރާތްތަކާއި، އަދި އަމިއްލަޔަށް މުޖުތަމަޢުއަށް ފައިދާހުރި ބަޔަކަށް ވާން ބޭނުންވާ ފަރާތްތަކަށްވެސް ފުރުޞަތު އާރު. ޑީ. ސީ ގެ ތެރެއިން ލިބިގެން ދާނެއެވެ. ޒުވާނުން ބާކީވުމަކީ ހައްލަކަށް ނުވުމުގެ އިތުރުން، ޒިންމާދާރު ބަޔަކަށް ހެދުމަށް ފުރުޞަތު ނުދީ، ބާކީ ކޮށްލުމަކީވެސް ޤައުމު ބިނާކުރުމަށް ހައްލެއް ނޫންކަމުގައި އެމް.ޑީ ދެކިލައްވައެވެ. ހިތްވަރު ހުރި ކޮންމެ ޒުވާނަކަށް، އާރު. ޑީ. ސީގެ ދޮރުން އެތެރެވެ، ކުރިޔަށް ދިޔުމުގެ ފުރުޞަތު އޮތްކަމުގައި އެމް.ޑީ ބުނުއްވައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside