
އެމެރިކާގައި ވިހަގަދަ ހަރުފައެއް ދޫވެ އާންމުން ބިރުވެރިކަމެއްގައި
Untitled design (1)
އެމެރިކާގެ ޕެންސިލްވޭނިއާގައި ހުދު ޕައިތޮންއެއް މުޖްތަމައުއަށް ދޫވެ އާންމުން އެކަމަށް ސަމާލުވުމަށް އެއަވަށުގެ ފުލުހުން އިލްތިމާސްކޮށްފިއެވެ.

މިކަން ހިނގާފައިވަނީ އެއަވަށުގައި ދިރިއުޅެމުން އައި ރައްޔިތަކު، އޭނާ އޮޅުކޮށްގެން ގެންގުޅޭ ހުދު ޕައިތޮން ބޭރަށް ނެރެ އުޅުމުގެ ތެރޭގައިއެވެ. މިކަމާއި ބެހޭގޮތުން އެއަވަށުގެ ފުލުހުން ހާމަކުރި ގޮތުގައި ޕައިތޮން ގެއްލުނީ އޭގެ ވެރިމީހާ ގޮވައިގެން ބޭރަސް ނުކުމެ އުޅެނިކޮށް ކަމަށާއި އެ ހަރުފައަކީ 5 ފޫޓު ނުވަތަ 7 ފޫޓު ދިގު ހަރުފައެއް ކަމަށެވެ. އަދި އެހަރުފަ ފެނިއްޖެނަމަ ވީހާވެސް އަވަހަށް އެކަން ފުލުހުންނަށް އެންގުމަށް އެއަވަށުގެ ފުލުހުން އިލްތިމާސްކުރެއެވެ.
އެހަރުފައިގެ ވެރިމީހާގެ އަވަށްޓެރިއަކު ހާމަކުރި ގޮތުގައި އެހަރުފައަކީ ހުދު ކުލައިގެ ރީތި ނޫ ލޮލެއް ލިބިފައިވާ ހަރުފައެއް ކަމަށާއި، އެ ހަރުފައިގެ ފަރާތުން މީހަކަށް ގެއްލުމެއް ލިބިދާނެކަމަށް ގަބޫލުނުކުރާ ކަމަށެވެ. އެ ހަރުފައަށް އޭގެ ވެރިމީހާ ދީފައިވާ ނަމަކީ "ގިނީ ސައިމޮންސް"އެވެ.
މިހާތަނަށް އައިއިރު އެ ހަރުފަ އަދި ފެނިފައި ނުވާއިރު އެޕައިތޮންއަކީ ވިހަ ބާވަތެއްގެ ހަރުފައެއް ކަމެއް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.