އެމްޕީއެލް ސަރަހައްދުގައި ބިއްލޫރި ޕެލެޓްތަކެއް ދަށުވި ޒުވާނާ ނިޔާވެއްޖެ

އެމްޕީއެލް ސަރަހައްދުގައި ބިއްލޫރި ޕެލެޓްތަކެއް ވެއްޓި ދަށުވި ޒުވާނަ ނިޔާވެއްޖެ އެވެ.

"ގާފު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެޒުވާނާ ނިޔާވީ ރޭ ފަތިހު އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ. އަދި ނިޔާވި ޒުވާނަކީ ނ. ލަންދޫއަށް އުފަން 27 އަހަރުގެ އަބްދުﷲ އާސިމް އެވެ.

މި ހާދިސާއަށް ފަހު އެޒުވާނާގެ ހަށިގަނޑުގައި ފްރެކްޗާތައް ގިނަ ކަމަށް އައިޖީއެމްއެޗްއިން ވަނީ މީގެކުރިން ބުނެފައެވެ.

އެމްޕީއެލް ސަރަހައްދުގައި ބިއްލޫރިތަކެއް ބަރުކުރަމުން ދަނިކޮށް، ޕެލެޓެއް ވެއްޓި ކޮންޓެއިނަރެއްގެ ތެރޭގައި ތާށިވި މީހާ ސަލާމަތްކޮށްފައިވަނީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއިން ހިންގި ހާއްސަ އޮޕްރޭޝަނެއްގައިއެވެ. މި ހާދިސާގައި އިތުރު މީހަކަށްވެސް ވަނީ އަނިޔާލިބިފައިވެއެވެ. އެހެން ނަމަވެސް ފަރުވާ ދިނުމަށްފަހު އެމީހާ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

އެމްޕީއެލްއިން މީގެކުރިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާގޮތުގައި ހާދިސާ ހިނގަން މެދުވެރިވީ ބިއްލޫރި ޕެލެޓެއް ކޮންޓޭނަރުން ނެރުމަށް، ފޯކް ލިފްޓު ބޭނުންކޮށްގެން މަސައްކަތްކުރުމުގެ ތެރޭގައިއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް