logoEN
cocacola
ތިނަދޫގެ މަގުހެދުމުގެ 2 ވަނަ ފޭސް، މިއަހަރު ތެރޭގައި ފެއްޓުމަށް ތައްޔާރުވަނީ!

ތިނަދޫގެ މަގުހެދުމުގެ 2 ވަނަ ފޭސް، މިއަހަރު ތެރޭގައި ފެއްޓުމަށް ތައްޔާރުވަނީ!

large_154547654651XYnb

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ)ގެ މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް މޫސާ އަލިމަނިކު، ގާފު ނޫސްއަށް ދެއްވާފައިވާ ޚާއްސަ އިންޓަވިއުއެއްގައި މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވާ ގޮތުގައި، ހުވަދު އަތޮޅުގައި 02 ޕްރޮޖެކްޓެއްގެ މަސައްކަތް އާރު.ޑީ.ސީ އިން މިވަގުތު އަންނަނީ ކުރަމުންނެވެ. އެއީ ތިނަދޫގައި މިވަގުތު ކުރިޔަށްދާ ލޭންޑް ސްކޭޕިންގް މަސައްކަތުގެ އިތުރުން ގދ. ގައްދޫގެ މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތެވެ.

ގޮސިޔާ

މީގެ އިތުރުން، ހުވަދު އަތޮޅުގައި އާރު.ޑީ. ސީން އިތުރަށް ކުރިޔަށް ގެންދިޔުމަށް ތައްޔާރުވަމުންދާ ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި ތިނަދޫ މަގުތައް ތަރައްޤީ ކުރުމުގެ 2 ވަނަ ފޭސްގެ މަސައްކަތް ހިމެނެއެވެ. މިމަސައްކަތް މިހިނގާ އަހަރު ނިމުމުގެ ކުރިން ފެއްޓިގެން ދާނެކަމަށް ލަފާކުރައްވާ ކަމަށް އާރު.ޑީ. ސީގެ އެމްޑީ ވަނީ ވިދާޅުވެފައެވެ. އަދި މިހާރުވެސް، މި ޕްރޮޖެކްޓާއި ގުޅޭ މަޝްވަރާތަށް ކުރިޔަށް ދާކަމުގައި އެމްޑި ވަނީ ފާހަގަކުރައްވައެވެ.

ހުވަދު އަތޮޅުގައި އާރު. ޑީ. ސީ އިން ފެއްޓުމަށް ތައްޔާރުވަމުންދާ އިތުރު މަސައްކަތްތަކުގެ ތެރޭގައި ގއ. ވިލިގިލީގެ މަގުތަކުގެ އާބާތުރަ ފިލުވުން ހިމެނެއެވެ. ވިލިގިލީގެ މަގުތަކުގެ މަސައްކަތަކީ މަޝްވަރާގައި އޮތް މަސައްކަތެކެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ވިލިގިލީގެ މަގުތަކުގެ ތުރާ ރައްޔިތުންނަށް ފުދޭވަރަކަށް އުދަނގޫ މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ. އަދި ވިލިގިލީގެ މަގުތަކުގެ ތުރާ ރައްޔިތުންނަށް ފިލުވައިދިނުމެ މަޝްވަރާތަށް މިހާރުވެސް ކުރިޔަށްދާކަމުގައި އެމްޑީ ފާހަގަ ކުރެއްވިއެވެ. މިގޮތުން މަޝްވަރާތަށް މިވަގުތުވެސް ގއ. ވިލިގިލީ ކައުންސިލާއެކު ކުރިޔަށް ދިޔުމުގެ އިތުރުން، ގއ. އަތޮޅު ކައުންސިލާއެކުވެސް މަޝްވަރާތަށް ކުރިޔަށްދާކަމުގައި އެމްޑީ ވަނީ ފާހަގަކޮށްފައެވެ.

އާރު. ޑީ. ސީގެ ސްކޯޕް ވަރަށް ފުޅާކަމުގައި މެނޭޖިންގ ޑިރެކްޓަރ ފާހަގަކުރެއްވައެވެ. އަދި މަގުތަކާއި ގުޅުންހުރި ހުރިހާ މަސައްކަތެއް ކުރުމުގެ އިތުރުން ރާއްޖޭގެ މަގުތަކާއި ގުޅުންހުރި ދަތިތައް ފިލުވައިދިނުމަށް ކައުންސިލްތަކަށް އެހީތެރިކަންވެސް އަންނަނީ ފޯރުކޮށްދެއްވަމުންނެވެ. މަގުތަކާއި ގުޅުންހުރި ހުރިހާ މަސައްކަތެއް އާރު. ޑީ. ސީ އަށް ކުރެވޭނެކަމަށް ފާހަގަކޮށްފައިވެއެވެ. ބައެއް ރަށްރަށުގެ މަގުތަށް ރަނގަޅު ފެންވަރަކަށް ގެނެސް ބަލަހައްޓައި ދިނުމަށް މިހާރުވެސް ބައެއް ކައުންސިލްތަކުން އެދެމުން އަންނަކަން އެމްޑީ ފާހަގަ ކުރެއްވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ