logoEN
ޕީއެންސީ 2
އާރު.ޑީ.ސީ އަށް ދިމަވެފައިވާ ވެހިކަލްގެ ދަތިކަމުގެ މައްސަލަޔާއި ގުޅޭ!

އާރު.ޑީ.ސީ އަށް ދިމަވެފައިވާ ވެހިކަލްގެ ދަތިކަމުގެ މައްސަލަޔާއި ގުޅޭ!

DSC_9586

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) ގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އީސާ އަލިމަނިކު، "ގާފު" ނޫހަށް ދެއްވާފައިވާ ޚާއްސަ އިންޓަވިއުއެއްގައި މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، އާރު. ޑީ. ސީ އަށް ދިމަވެފައިވާ ވެހިކަލްގެ ދަތިކަމުގެ މައްސަލަ ހައްލެއް ލިބިގެން ދާނެކަމުގެ އުއްމީދީ ޚަބަރެވެ.

ޝަރީ 2024

ރައިސުލް ޖުމްހޫރިއްޔާގެ ޤަރާރަކުން އާރު.ޑީ.ސީ އުފައްދައި މެނޭޖިންގ ޑިރެކްޓަރެއްގެ ގޮތުގައި ޒިންމާތަކެއް ހަވާލުކުރުއްވުމުން، ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ރަނގަޅު ޓީމެއް އެކުލަވައިލުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ. މިގޮތުން މާތް ﷲ ގެ ވާގިފުޅާއެކު ރަނގަޅު ޓީމެއް މިހާރު ވަނީ އެކުލަވާލެވިފައެވެ. ޒުވާން، އިލްމީ، ފަންނުވެރި ޤާބިލް ޓީމެއް މިވަގުތު އާރު. ޑީ. ސީ ގައި އެބައޮތްކަމުގައި އެމްޑީ ވިދާލުވެއެވެ. އަދި ރާއްޖޭގެ މަގުހަދަން އެންމެ ކުޅަދާނަ ޓީމް އޮތީ އާރު.ޑީ.ސީ ގައި ކަމަށް އެމްޑީ ވިދާޅުވެއެވެ.

ވެހިކަލްތަކުގެ ދަތިތަކެއް ކުރިމަތި ލާންޖެހުނު ކަމުގައި އެއްބަސްވެ ވަޑައިގެންނެވިއެވެ. ވެހިކަލްތަކުގެ ދަތިކަމުގެ މައްސަލަޔަށް ބަލާއިރު، އަދިވެސް އެދަތިތައް ހުރިކަމުގައި އެމް.ޑީ ފާހަގަކުރައްވައެވެ. މިގޮތުން އެމް. އާރު. ޑީ. ސީ އުވާލެވި، އެމް. އާރު. ޑީ. ސީ އިން ބޭނުންކުރި ވެހިކަލްތައް ޕްލޭނިންގ މިނިސްޓްރީގެ ދަށަށް ބަދަލުކުރެވި، ރަށްރަށުގައި ހުރި ވެހިކަލްތައް ކައުންސިލްތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރެވެމުން އަންނައިރު، ވަރަށް ބޮޑު އޮޅުންތައް އެބަހުރިކަމުގައި އެމްޑީ ފާހަގކުރެއްވިއެވެ. ބައެއް ތަކެތި ހުރީ ކޮންހިސާބެއްގައި، ކޮން ހާލަތެއްގައި އަދި ކޯއްޗެއްކަން ދެނެގަނެވޭފަދަ ހާލަތުގައި ނޫނެވެ.

ފިނޭސް މިނިސްޓްރީން އާރު.ޑީ.ސީއަށް ދެއްވާފައިވާ އެސެޓްތަކުގެ ތެރޭގައި ހިމެނޭ ބައެއްތަކެތި، ހުރިތަނެއް އަދިވެސް ނޭނގެއެވެ. އަދި ޕްލޭނިންގް މިނިސްޓްރީ އަދި ޕަބްލިކް ވޯކްސް ގުޅިގެން މިތަކި ފާހަގަކުރުމުގެ މަސައްކަތް ކުރިޔަށް ދާކަމުގައި އެމް.ޑީ ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން މިހާރު ފުދޭވަރަކަށް ވެހިކަލްތައް އާރު.ޑީ.ސީގައި ހުންނާނެކަމަށް އެމްޑީ ބުނުއްވާފައި ވެއެވެ. އާރު.ޑީ.ސީ ގެ މުދާ ކަމުގައި ކަނޑައެޅުނު ދެބައިކުޅަ އެއްބައި މުދަލުގެ ރެޖީސްޓްރީ މިހާރު ވަނީ ބަދަލުކޮށް ވަނީ ނިންމާލެވިފައެވެ.

މީގެ އިތުރުންވެސް، ކެޕޭސިޓީ އިތުރުކުރުމަށް އާވެހިކަލްތައް ގަތުމުގެ މަސައްކަތްވެސް ކުރިޔަށް ދާކަމުގައި އެމްޑީ ވަނީ ވިދާޅުވެފައެވެ. މިއަހަރުގެ ޖޫންގައި ނިޔަލަށް އާވެހިކަލްތަށް ގެނެވި، އާރު. ޑީ. ސީ ގެ ކެޕޭސިޓީ އިތުރު ކުރެވިގެން ދާނެއެވެ. ނަމަވެސް ބޭނުންވާ ސާމާނު ނެތިގެން އާރު. ޑީ. ސީގެ މަސައްކަތެއް ހުއްޓިފައި ނޯންނާނެ ކަމުގެ ޔަޤީންކަން އެމްޑީ ދެއްވުމުގެ އިތުރުން، ހުރި ވަޞީލަތެއް ބޭނުންކޮށްގެން މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިޔަށް ގެންދިޔުމަށް އާރު.ޑީ.ސީގެ ހުރިހާ މުވައްޒަފުންވެސް ގަދައަޅާ މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އެމްޑީ ވަނީ ދެއްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ