ދަތްތަކަށް ގެއްލުންދެނިވި ވައިޓްނިން 'ހެކްސް'

ހުދު ދަތްތައް ބޭނުން ނުވަނީ ކާކުހެއްޔެވެ؟ އަނެއްކޮޅުން ޑެންޓިސްޓެއް ގެ ކައިރިއަށް އަބަދުގޮސް އެކަން ކުރަން ބޭނުންވާނީ ކާކު ހެއްޔެވެ؟ މިކަންކަމަކީ ވަގުތާއި ހަރަދުދާކަންކަމެވެ. އަހަރެމެންގެ ތެރޭގައި ގިނައަދަދެއްގެ ބަޔަކީ ހުރިހާކާމެއްގައި އެންމެ ފަސޭހަގޮތަށް އަމަލު ބަހައްޓާމީހުންނެވެ. އެގޮތުން ޕިންޓްރެސްޓް އާއި ޓިކްޓޮކްއިން ފެންނަ ވީޑިއޯތަކުން މިކަމަށް އޯލްޓަނޭޓިވްސް ހޯދައި އެކަންކަމުގެ އަޖުމަބަލާމީހުން ވަރަށްގިނައެވެ. އެކަމަަކު މީގެތެރެއިން ގިނަކަންކަމަކީ އަހަރެެމެންނަށް ގެއްލުންދޭ ކަންކަމެވެ.

މި ދުވަސްވަރުގައި އެންމެ މަގުބޫލު އެއް ދަތް ހުދުކޮށްދޭ ހެކްގައި ބުނަނީ ދަތްތަކުގައި އޮރެންޖް ޕީލް ހޭކުމަށެވެ. ބައެއް ވީޑިއޯތަކުގައި އޭގެ ބަދަލުގައި ލެމަން ޕީލްސް ނުވަތަ ބަނާނާ ޕީލްސް ވެސް އުގުޅަން ބުނެއެވެ.

އޮރެންޖް ޕީލްސް އަކީ އެސިޑިކް އެއްޗަކަށް ވާއިރު ދަތްތައް ސާފުކުރުމަށް ސިޓްރިކް އެސިޑް ބޭނުންކުރުމަށް ގިނަވީޑިއޯއިން ދައްކުވައިދެއެވެ. ނަމަވެސް އަހަރެމެންނަށް ނޭގޭކަމަކީ މި އެސިޑަކީ ތިބާގެ އެނަމެލް އަށް އިޔާދަނުކުރެވެނިވި ގެއްލުންދޭއެއްޗެކެވެ. އެގޮތުން އެމެރިކަން ޑެންޓަލް އެސޯސިއޭޝަންގެ ތަރުޖަމާނަކު "ޔޫއެސްއޭ ޓުޑޭ" އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ މިއެސިޑްގެ ސަބަބުން ދަތްތަކުގެ އެނަމެލް ވިރުވާލާ ގިނަދުވަހު މިފަދަގޮތަކަށް ބޭނުން ކޮށްފިނަމަ އެނަމެލް އެއްކޮށް ހަލާކުކޮށްލާނެކަމަށެވެ.

އެހެންކަމުން މިފަދަ ވީޑިއޯތަކަށް ކިތަންމެ ވަރަކަށް ލައިކްސްލިބިފައި ހުރިކަމުގައިވިއަސް އަހަރެމެން މިފަދަ ކަންކަން ކުރުމުގެ ކުރިން އެކަމުގެ މައުލޫމާތު ހޯދައި ރަނގަޅާއި ނުރަގަޅު އެކަމުގެ މާހިރެއްގެކައިރިން ހޯދުމަކީ މުހިންމުކަމެކެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް