logoEN
cocacola
ކާބޮންމޮނޮކްސައިޑަށް ވިހަވެގެން ޔޫކްރޭނުގެ ދެމައިން މަރުވެއްޖެ

ކާބޮންމޮނޮކްސައިޑަށް ވިހަވެގެން ޔޫކްރޭނުގެ ދެމައިން މަރުވެއްޖެ

Capture

29 އަހަރުގެ އަންހެނަކާ އޭނާގެ 3 އަހަރުގެ ފިރިހެން ދަރިފުޅު ކާބޮންމޮނޮކްސައިޑަށް ވިހަވެގެން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ޔޫކްރޭނުގެ އަވަށެއްގައެވެ.

ގޮސިޔާ

މި ހިތާމަވެރި ހާދިސާ ހިނގީ އެ ދެމައިން ނިދި ކޮޓަރީގައި ހުރި ދުން ހޮޅި ބަންދުކޮށްފައި ހުރުމުންނެވެ. މި ދުވަސްކޮޅަކީ ވަރަށް ފިނިގަދަ ދުވަސްކޮޅަކަށް ވުމުން އެ ދެމައިން އެ ރޭ ނިދަން އެރީ ކޮޓަރީގައި ވައި ބޭރުވާނެހެން ހުރި ހުރިހާ ތަނެއް ބަންދުކޮށްފައެވެ. ނަމަވެސް ކަންދިމާވީ ވަރަށްވެސް ހިތާމަވެރިކޮށެވެ. ކޮޓަރީގައި ހުރި އުދުނުން ވައި ބޭރުވާން ހުރި ހަމަ އެކަނި ގޮތް ބަންދުވެ މުޅި ކޮޓަރި ތެރޭގައި ކާބޮންމޮނޮކްސައިޑް ގޭސް ހަރުލައި އެ ދެމައިން ވިހަ ވީއެވެ.

އޭގެ އަނެއްދުވަހު މެންދުރުވީއިރުވެސް އެ ދެމައިންގެ ހަބަރެއް ނުވުމާއެކު އެ އާއިލާގެ މީހަކު ވަނީ އެ ގޭގެ ދޮރު ހަލާކުކޮށް އެ ގެއަށް ވަދެފައެވެ. ދެމައިންގެ ހަބަރު ހުސްވެފައިވުމާއެކު އޭނާ ވަނީ ވަގުތުން އެމެޖެންސީ ސާރވިސް އަށް ގުޅާފައެވެ. އަދި ޕެރަމެޑިކްސް ޓީމު އައިސް އެ ދެމައިންނަށް ފަރުވާދީ ހޭލެއްވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ކާމިޔާބު ވާ ގޮތެއް ނުވިއެވެ.

މީޑިޔާތަކުން ރިޕޯޓު ކޮށްފައިވާގޮތުގައި އެ ދެމައިން އުޅުނު ގޭގައި ކާބޮންމޮނޮކްސައިޑް ސެންސަރެއް ހަރުކޮށްފައި ނުހުރެއެވެ. އެހެންކަމުން އެ ދެމައިން ނިދާފައި ތިއްބާ އެވަރުގެ ބޮޑު ކަމެއް ވީ އިރުވެސް އެލާމެއް ނާޅުވައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ