logoEN
cocacola
އައުޓްލޯސް ގެ މެއިން ސްޕޮންސާރ އަކަށް އޮކްސް އެނާރޖީ

އައުޓްލޯސް ގެ މެއިން ސްޕޮންސާރ އަކަށް އޮކްސް އެނާރޖީ

އަޙްމަދު ޖަމީލު

logo

1/15/2021, 4:20:37 PM

EF395E05-A09D-433C-89BA-9C6BC5FB6DE2

ހަވަރު ސްޕޯރޓްސް އިން އިންތިޒާމްކޮށްގެން މުޅި ރާއްޖެއަށް ހުޅުވައިލައިގެން ބާއްވާ އަންހެނުންގެ ހޭންޑްބޯލް މުބާރާތުގައި ބައިވެރިވާ ޓީމް އައުޓްލޯސްކުއީންސްގެ މެއިން ސްޕޮންސާރ އަކަށް އޮކްސް އެނާރޖީ ހަމަ ޖައްސައިފިއެވެ.

ގޮސިޔާ

ރޭ ގދ.ތިނަދޫގައި ހުންނަ ސޮލެއިން ރެސްޓޯރެންޓްގެ ޓެރެސްގައި ބޭއްވި ހަފްލާގައި އޮކްސް އެނާރޖީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޒަހީން މުޙައްމަދު އެވެ.

އަދި އައުޓްލޯސް ކުއީންގެ ފަރާތުން ސޮއި ކުރެއްވީ އެ ޓީމް ގެ މެނޭޖާރ ނައުފަލް ނަސީމެވެ.

އޮކްސް އެނާރޖީއަކީ ތިނަދޫ އާއި ހުވަދު އަތޮޅުގައި ފުޅާ ދާއިރާއެއްގައި ޕެޓްރޯލާއި ތެލުގެ ވިޔަފާރި ކުރާ ވިޔަފާރިއެކެވެ.

މި ރަސްމިއްޔާތުގައި ވަނީ އެ ޓީމް ގެ ކޯޗް ވެސް ހަމަޖައްސައިފައެވެ. އެގޮތުން މި މުބާރާތައް އައުޓްލޯސް ގެ ކޯޗަކަށް ހަމަޖައްސައިފައި ވަނީ ކާމިޔާބު ނެރެފައި ވާގިނަ ޓީމްތަކަށް ކޯޗްކަން ކޮށްދެވި އާޒިމް ހުސައިން (އެންޑީ) އެވެ.

undefined

އައުޓްލޯސް އަކީ ތިނަދޫގެ ގިނަ މުބާރާތްތަކުގައި ބައިވެރިވެ ރަނގަޅު ކާމިޔާބު ހޯދާފައިވާ ޓީމެކެވެ. އެގޮތުން އައުޓްލޯސް ކުއީން އިން ވަނީ މިދިޔަ އަހަރުތިނަދޫގައި ބޭއްވި ކަނބަލުންގެ ފުޓްސަލް މުބާރާތުގައި ވެސް ބައިވެރިވެ، މުބާރާތުގެ ތިން ވަނަ ހޯދާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ