ގދ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއްގެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ބަލަނީ
އަހުމަދު ޝުރާއު
8/23/2022, 3:27:23 PM
DSC_4536-1024x683-1
ގދ. އަތޮޅު ތައުލީމީ މަރުކަޒުގައި ދަރިވަރަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވުމާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި އެވެ
ގާފު ނޫހަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ކްލާސްރޫމެއްގައި ގުރޫޕް ހަދައިގެން ކުދިންތަކެއް އެހެން ކުއްޖަކަށް އަނިޔާކުރި މައްސަލައެއް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށާއި މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި އެމިނިސްޓްރީން ބަލާނެ ކަމުގެ ޔަޤީންކަންވެސް އޮފިޝަލް ވަނީ ދީފައެވެ.
އަދި މިހާތަނަށް މި މައްސަލައާއި ގުޅިގެން ފިޔަވަޅެއް އެޅި ކަމުގެ ތަފްސީލެއް އޮފިޝަލް ނުދެއްވައެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އާންމުވެފައިވާ ވީޑިއޯއަކީ މި ހަފްތާގެ ތެރޭގައި އެސްކޫލުގައި ހިނގި ކަމެކެވެ. އަދި މި މައްސަލައާއި ގުޅިގެން ސްކޫލުންވެސް އަންނަނީ މައްސަލަ ބަލަމުންނެވެ. ސްކޫލުން މި ކަމާއި ގުޅިގެން ދަރިވަރަކަށް ފިޔަވަޅު އެޅި ނަމަވެސް އެޅީ ފިޔަވަޅުގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.