
މިނިސްޓަރ އޮފް ހެލްތްގެ ނައިބުގެ މަޤާމަށް އިތުރު ބޭފުޅަކު ޢައްޔަންކުރައްވައިފި!
big_s6oIYtFlNANY6ZPGiGcF7tahd
މިނިސްޓަރ އޮފް ހެލްތްގެ ނައިބުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިނިސްޓަރ އޮފް ހެލްތްގެ ނައިބުގެ މަޤާމަށް އައްޔަންކުރައްވާފައި ފަރާތަކީ، ހ.ފޭވަރ، ޞަފިއްޔާ މުޙައްމަދު ސަޢީދުއެވެ. ޞަފިއްޔާ މުޙައްމަދު ސަޢީދު މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން އަދާކުރެއްވަމުން ގެންދެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރ ގެ މަޤާމެވެ.
ތަޢުލީމީ ޤާބިލުކަމަށް ބަލާލާއިރު، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަރމިންގްހަމްއިން މާސްޓަރ އޮފް އާޓްސް އިން އިންޓަރނޭޝަނަލް ރިލޭޝަންސް (ޑިޕްލޮމަސީ) ޞަފިއްޔާ މުޙައްމަދު ސަޢީދު ފުރިހަމަ ކުރައްވާފައިވެއެވެ. އަދި މީގެ އިތުރުން، ޞަފިއްޔާ ވަނީ އިނގިރޭސިވިލާތުގެ ކާޑިފް ޔުނިވަރސިޓީއިން ބެޗެލަރ އޮފް ސައިންސް އިން (ޖޮއިންޓް) ބިޒްނަސް ސްޓަޑީޒް އެންޑް ޖަޕަނީސް ސްޓަޑީޒްވެސް ހާސިލުކުރައްވާފައެވެ.
މިނިސްޓަރ އޮފް ހެލްތްގެ ނައިބުގެ މަޤާމުގައި މިވަގުތުގައިވެސް 4ބޭފުޅުން ތިއްބަވައެވެ. އެއީ އަލްއުސްތާޛާ ޝިޔާމާ މުޙައްމަދު، ނިޝާމާ މުޙައްމަދު، މަރްޔަމް ޚާލިދާ އަދި އަބޫބަކުރު އަބްދުލްކަރީމްއެވެ.