logoEN
cocacola
ސްފެނިޝް ސުޕާކަޕް - ފައިނަލުގައި ވަރުގަދަ ބާސާ އާއި ދެކޮޅަށް އެތްލެޓިކް ބިލްބާއޯ

ސްފެނިޝް ސުޕާކަޕް - ފައިނަލުގައި ވަރުގަދަ ބާސާ އާއި ދެކޮޅަށް އެތްލެޓިކް ބިލްބާއޯ

0B885165-3DF3-42F7-848B-1FAEE3A0017F

ސްޕެނިޝް ސުޕާކަޕް ސެމީގައި ރޭ ރެއާލް މެޑްރިޑް ގެ މައްޗަށް ބިލްބާއޯ އިން ހޯދި މޮޅާއިއެކު ފައިނަލުގައި ވަރުގަދަ ބާސާއާއި ދެކޮޅަށް ނިކުނަން ޖެހިއްޖެއެވެ.

ގޮސިޔާ

ބާސާއިން ވަނީ ސެމީ ފައިނަލުގައި ރެއާލް ސޮސައިޑެޑްގެ މައްޗަށް ކުރިހޯދައި ފައިނަލް ފުރަތަމަ ޖާގަ ޔަގީންކޮށްފައެވެ. ފައިނަލުގައި ބާސާއާއި ދެކޮޅަށް އެތްލެޓިކޯ ބިލްބާއޯ ކުޅޭނެކަން ކަށަވަރުވީ ރޭ ސެމީ ފައިނަލުގައި ރެއާލްއާއި އެއްކޮށް ކުޅުނު މެޗުން ބިލްބާއޯ މޮޅުވުމުންނެވެ. މި މެޗް ނިމިގެން ދިޔައީ 2-1 ގެ ނަތިޖާއަކުން ބިލްބާއޯ ކުރީގައި އޮވެގެންނެވެ. މެޗުގައި ފުރަތަމަ ލީޑު ނެގީވެސް ބިލްބާއޯއިންނެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފް ފަށައިގެން އަށާރަވަނަ މިނެޓުގައި ޓީމް މެދު ތެރެއިން ދިން ތްރޫ ބޯޅައެއްގެ ފައިދާ ނަގައިގެން އެޓޭކިން މިޑްފިލްޑާރ ރައުލް ގްރާސިއާ އެވެ.

މި ގޯލަށް ފަހު އެތްލެޓިކޯ އަދި ރެއާލުން ވެސް ދިޔައީ ލިބެމުން ދިޔަ ފުރުސަތްތަުގައި އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާކުރަމުންނެވެ. ނަތީޖާއަކަށްވީ ފުރަތަމަ ހާފް ނިމެން އަށްވަރަކަށް މިނެޓަށްވެފައި އޮއްވާ އޭރިއާ ތެރެއިން ރެއާލުގެ ޑިފެންޑާރ ލޫކަސް، ބިލްބާއޯ ގެ ކުޅުންތެރިއަކަށް ކުރި ފައުލަކާއި ގުޅިގެން އެޓީމަށް ޕެނަލްޓީއެއް ލިބުނު ހިސާބުންނެވެ. މި ޕެނަލްޓީ ބިލްބާއޯ އިން ވަނީ ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-0 ބަދަލުކޮށްލާފައެވެ. މި ގޯލުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ރައުލް ގްރާސިއާ އެވެ. ދެވަނަ ހާފަގައި ރެއާލުން ވަނީ ކުޅުން ރަނގަޅުކޮށް ގޯލެއް ކާމިޔާބުކޮށް ނަތީޖާ 2-1 ބަދަލުށްލާފައެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ތަރި ބެންޒެމާއެވެ.

ކުރިން ލީގު ޗެމްޕިއަނުންނާއި ސްޕެނިޝް ކަޕް ޗެމްޕިއަނުންގެ މެދުގައި ފައިނަލެއްގެ އުސޫލުން ކުޅެމުން އައި ސުޕަ ކަޕް މިދިޔަ އަހަރުން ފެށިގެން ކުޅެނީ ހަތަރު ޓީމުގެ މެދުގައި ދެ ސެމީ ފައިނަލުގެ އުސޫލުންނެވެ. ސްޕެނިޝް ސުޕަ ކަޕް މިދިޔަ އަހަރު ސައުދީ އަރަބިއްޔާގައި ކުޅުނު ނަމަވެސް އެ ގައުމުގައި ސަޕޯޓަރުން ވައްދައިގެން ކުޅެވޭނެ މާހައުލެއް ނެތުމުންނާއި ދަތުރުފަތުރުކޮށްގެން މި ވަގުތު މެޗުތައް ކުޅެން ކްލަބްތަކުން ނޭދޭތީ މި ފަހަރުގެ ސްޕެނިޝް ސުޕަ ކަޕްގެ މެޗުތައް ކުޅެނީ ސްޕެއިނުގަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ