logoEN
ޕީއެންސީ 2
އޮގްމެންޓެޑް ރިއަލިޓީ ޓެކްނޮލޮޖީ އެކުލެވޭ، ދިވެހި ތާރީޚް ކިޔައިދޭ ކަލަންޑަރެއް އުރީދޫ އިން ނެރެފި!

އޮގްމެންޓެޑް ރިއަލިޓީ ޓެކްނޮލޮޖީ އެކުލެވޭ، ދިވެހި ތާރީޚް ކިޔައިދޭ ކަލަންޑަރެއް އުރީދޫ އިން ނެރެފި!

1

ކޮންމެ އާ އަހަރަކާއި ދިމާކޮށް ގިނަ ކުންފުނިތަކުން، އެކުންފުނި އިޝްތިހާރުކުރުމަށް ތަފާތު ވައްތަރުގެ ކަލަންޑަރު އުފައްދައެވެ. ދިވެހި ކުންފުނިތަކުންވެސް މިއާދަ ގެންގުޅެއެވެ. މިގޮތުން ދިރާގު، އުރީދޫ ފަދަ ކުންފުނިތަކުންވެސް އޮފީސް މޭޒުމަތީގައި ބެހެއްޓޭ ސައިޒުގެ ތަފާތު ކަލަންޑަރު އުފައްދައެވެ. ނަމަވެސް މިފެށިގެން ދިޔަ 2021 ވަނަ އަހަރާއި އެކު ދިވެހިރާއްޖޭގެ މުވާޞަލާތީ ޚިދުމަތްދޭ އެއް ކުންފުނި ކަމުގައިވާ އުރީދޫ މޯލްޑިވްސް އިން ވަނީ ވަރަށް ތަފާތު ޝައުޤުވެރިކުރުވަނިވި ކަލަންޑަރެއް އުފައްދާފައެވެ.

ޝަރީ 2024

އުރީދޫގެ މި ކަލަންޑަރު ބަލާ ބެލުމަށް ކުރެހުންތަކެއް އެކުލެވޭ އާދައިގެ ކަލަންޑަރެއްހެން ހީވެ އެވެ. އެކަމަކު މި ކަލަންޑަރުން "ތާރީހުގެ ތެރެއިން ދިވެހިރާއްޖެ" ވާކަތަކެއް ކިޔައިދެއެވެ. މި ކަލަންޑަރުގެ ކޮންމެ ސަފްހާއެއްގައިވާ ކޯޑު ސްނެޕްޗެޓް މެދުވެރިކޮށް ފޯނުން ސްކޭން ކޮށްލުމުން އެ ސަފްހާއެއްގައި ކުރަހާފައިވާ މަންޒަރުތައް "ދިރިގެން" އާދެ އެވެ. އެ މަންޒަރުތަކުގައި ފެންނަ މީހުން ހަރަކާތް ކުރަން ފަށަނީ އޭގައި ބޭނުން ކޮށްފައިވާ އޮގްމެންޓަޑް ރިއަލިޓީގެ ސަބަބުންނެވެ. ކުރެހުންތަކަށް ދިރުން ލިބޭ އިރު އެ މަންޒަރާއި ގުޅޭ އަޑުވެސް އަހައި ލެވެއެވެ.

މިފަދަ ގޮތަކަށް ކަލަންޑަރުގައި އެކުލެވިފައިވާ މަންޒަރުތައް ބަލައިފިނަމަ، ބަލާމީހަކަށް އެމީހާ 1800 ގެ އަހަރުތަކުގެ ހުރެވޭ ފަދަ އިޙްސާސެއް ގެނުވައެވެ. މިއީ ރާއްޖޭގައި އޮގްމެންޓެޑް ރިއަލިޓީ ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން މި ފެންވަރަށް ކަލަންޑަރެއް ނެރެފައިވާ ފުރަތަމަ ފަހަރެވެ. އަދި ކަލަންޑަރުގެ ކޮންމެ ސަފްހާއަކުން ތާރީހު ކިޔައި ދީފައިވުމުގެ އިތުރުން ތަސްވީރާ ގުޅޭ ތަފްސީލު ލިޔެފައި ވެއެވެ.

ކަލަންޑަރު ދައްކުވައިދީފައިވާ މަންޒަރުތަކުގެ ތެރޭގައި ހިމެނިފައިވަނީ ދިވެހި ތާރީޚެވެ. ދިވެހި ދައުލަތާއި ދިވެހިރާއްޖޭގެ ޢިލްމުވެރިންނާއި، އިލްމާއި އުނގެނުމަށް ދިން މުހިއްމު ކަމާއި ސިޔާސީ އެކި އެކި ގަޑުބަޑުތަކާއި ސަރުކާރު ހިންގި ބައެއް ގޮތްތަކާއި ދިވެހިންގެ ފަންނުވެރިކަމާއި ސަގާފަތާއި އަދި އާދަކާދަ ދައްކުވައިދިނުމުގެ އިތުރުން، މިކަލަންޑަރަށް ވަރަށްގިނަ ފަރާތެއްގެ ސަމާލުކަން ހުއްޓިފައި ވެއެވެ.

View post on Twitter

އުރީދޫ މޯލްޑިވްސް އިން ތައްޔާރުކޮށްފައިވާ މިކަލަންޑަރު ނެރެދެއްވާފައިވަނީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރ އަލްފާޟިލާ ދުންޔާ މައުމޫނެވެ. މި ކަލަންޑަރަކީ އޯގްމެންޓެޑް ރިއަލިޓީ ގެ ތެރެއިން ދިވެހި ތާރީޚީ ސަގާފަތް ދަށްކުވައިދޭ ވަރަށް ތަފާތު ކަލަންޑަރެކެވެ.

View post on Twitter
މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ