އައިފޯން 14 ދައްކާލާނީ ސެޕްޓެމްބަރު 7 ގައި – ރިޕޯޓް

ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އެޕަލްގެ އައު ފޯނު، އައިފޯން 14 ދައްކާލުން އަންނަ ސެޕްޓެމްބަރު މަހުގެ ކުރީ ކޮޅުގެ ތާރީހަކަށް ބަދަލުވެފައިވާ ކަމަށް ބްލޫމްބާގްއިން ރިޕޯޓްކޮށްފި އެވެ.

ބްލޫމްބާގްގެ ރިޕޯޓަކާއި ހަވާލާދީ ސީނެޓުން ބުނެފައިވާ ގޮތުގައި އައިފޯން 14 ދައްކާލާނީ އަންނަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އަދި މި ފޯނުތައް ވިއްކުން ރަސްމީކޮށް ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެންކުރިއަށް ދާނެކަމަށް އެރިޕޯޓާއި ހަވާލާދީ ސީނެޓުން ބުނެއެވެ.

ބްލޫމްބާގުން ރިޕޯޓްކުރާ ގޮތުގައި މިފަހަރުގެ އައިފޯންވެސް ދައްކާލާނީ އޮންލައިންކޮށް ބާއްވާ އިވެންޓެއްގައެވެ.

މި ފަހަރުގެ މޮޑެލްތަކުގައިވެސް އައިފޯން 13 އެކޭ އެއްގޮތައް 6.1 އިންޗީގެ އައިފޯނާއި 6.7 އިންޗީގެ ޕްރޯމެކްސް މޮޑެލްއެއް ހިމެނޭނެ ކަމަށް ބެލެވެ އެވެ.

އަލަށް ނިކުންނަ މިފޯނުތަކުގައި ހިމެނޭ އައު ބަދަލުތަކުގެ ތެރޭގައި ޕްރޯ މޮޑެލްގައި ނޮޗްލެސް ޑިސްޕްލޭއަކާއި 48 މެގަޕިކްސެލްގެ ކެމެރާއެއް ހުންނާނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން އާ އައިޕެޑްތަކާއި މެކްއަދި އެޕަލް ވޮޗެއްވެސް މި ފަހަރު ލޯންޗްކުރާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް