logoEN
cocacola
ޓެކް ޕްރޮޑަކްޓަކަށްވެސް އިންފްލޭޝަންގެ އަސަރުކުރޭ!

ޓެކް ޕްރޮޑަކްޓަކަށްވެސް އިންފްލޭޝަންގެ އަސަރުކުރޭ!

images-_4_

މިއަހަރުގެ ކުރީކޮޅު ތެލުގެ އަގު އުފުލިގެން ދިޔުމުގެ ސަބަބުން އަހަރެމެން އެންމެން އާންމު ދިރިއުޅުމުގައި ބޭނުން ކުރާ ހުރިހާ އެެއްޗެއް ކަހަލަ ގޮތަކަށް އަގުބޮޑުވެގެން ދިޔައެވެ. އެގޮތުން ހުރިހާ ގެޖެޓްތަކަށްވެސް މީގެ އަސަރުކޮށް އަގުތަށް ހުރީ އުފުލިފައެވެ. އިންފްލޭޝަންގެ ސަބަބުން ސްމާޓްފޯނާއި ލެޕްޓޮޕް ފަދަ ޓެކް އުފެއްދުންތަކުގެ އަގުތަކަށްވެސް އަސަރުކޮއްފައި ވެއެވެ. ނަމަވެސް އެކަން ދެނެގަންނަން އުނދަގޫވެދާނެ އެވެ.

ގޮސިޔާ

ނަމަވެސް ކާބޯތަކެއްޗާއި އެނޫންވެސް ކޮންސިއުމަބަލްސް އާ ޚިލާފަށް، ޓެކްނޮލޮޖީގެ އުފެއްދުންތަކުގައި ދިގު ޕްރޮޑަކްޝަން ސައިކަލެއް ހުންނަ އިރު، ގިނަ ފަހަރަށް އައިޑިއާއަކުން ސްޓޯރ ޝެލްފްއަކަށް ދިއުމަށް 18 މަސް ނުވަތަ އެއަށްވުރެ ގިނަ ދުވަސް ހޭދަވެއެވެ. ގިނަ ކުންފުނިތަކުން އެ ޕްރޮޑަކްޓެއްގެ ޓާގެޓް އަގު ކަނޑައަޅަނީ އެ ކުންފުންޏެއްގެ ޑިވެލޮޕްމަންޓް ސައިކަލް ފެށޭ އިރު އޭގެ ސަބަބުން އިންފްލޭޝަން މައްޗަށް ދާ ކުރު މުއްދަތުގެ ބަދަލުން އެ ޕްރޮޑަކްޓްތައް އިތުރަށް އަސަރު ނުކުރާފަދަ ގޮތަކަށެވެ.

އަންމު ގޮތެއްގައި ޑިވައިސްތައް މާކެޓައް ނެރޭތާ ދުވަސް ވަމުން ދާވަރަކަށް އޭގެ އަގު ތިރިވަމުން ދެއެވެ. އެކަމަކު މިއަހަރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ޑިވައިސްތަކަށް މާ އަގުބޮޑުވެ އޭގެ އަގު ތިރިނުވެ އެއްވަރެއްގައި ގިނަދުވަސް ތަކެއްވަންދެން ހުންނަ މަންޒަރެވެ. އޭގެ ސަބަބެއްގެ ގޮތުގައި މިހާރު ކުންފުނިތަކަށް ބޭނުންވާ ކޮމްޕޯނަންޓް ހޯދުމަށް އުނދަގޫވެގެންދިޔުން ހިމެނެއެވެ. ހާއްސަކޮށް ހައި އެންޑް ސްމާޓްފޯން ނުވަތަ ލެޕްޓޮޕް ޕްރޮސެސަރ ބޭނުން ކުރާ ޑިވައިސްތަކަށް މިކަމާކުރިމަތި ލާންޖެހެއެވެ.

ޒަމާނާއެކު ޓެކް އުފެއްދުންތަކުގެ އަގު ތިރިވާން އަޅުގަނޑުމެން ވަނީ އާދަވެފައެވެ. އެގޮތުން އިންފްލޭޝަންގެ ސަބަބުން އިޤްތިޞާދުތައް ހީނަރުވަމުން އަންނައިރު ޓެކުނޮލޮޖީގެ އަގުތަކަށް އަސަރެއް ނުކުރާނެ ކަމަށް އަޅުގަނޑުމެންނަށް ލަފާކޮއްގެން ނުވާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ