.jpeg?w=3840&q=75)




.jpg?w=3840&q=75)
.jpg?w=3840&q=75)


0F49CA3D-A8E2-4239-97C7-C33FC5790AC7
ގއ.ދާންދޫއިން ކޮވިޑް 19 އަށް ދެ މީހަކު ފައްސިވެ އަރަށުން އަރައި ފޭބުން މަނާކޮށްފިއެވެ.
"ގާފު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން ފައްސިވެފައިވަނީ ގއ.ދެއްވަދޫއަށް ދަތުރު ކުރި މީހަކާއި ޑައިރެކްޓް ކޮންޓެކްޓްވި ދެމީހެކެވެ. އެދެމީހުންނަކީ ގއ.ދާންދޫއިން ނެގި ރެންޑަމް ސާމްޕަލް އިން ފައްސިވި ދެެމީހުން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
އުމުރުން 20 އަހަރާއި 21 އަހަރުގެ ދެ އަންހެނަކު ދާންދޫއިން މިއަދު ފައްސިވެފައިވާއިރު، ގއ.ވިލިނގިލީންވެސް އެރަށު ގއ. އަތޮޅު ތައުލީމި މަރުކަޒުގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރަކު ފައްސިވެ ސްކޫލްވެސް މިއަދު ވަނީ ބަންދުކޮށްފައެވެ.
.jpeg?w=3840&q=75)



