logoEN
Sto top
ގއ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކު ކޮވިޑްއަށް ފައްސިވެއްޖެ!

ގއ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކު ކޮވިޑްއަށް ފައްސިވެއްޖެ!

40249F18-7B71-47F6-B248-F8F86B3796EA

ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ގްރޭޑް 12 ގައި ތައުލީމު ހާސިލްކުރަމުން ގެންދާ ދަރިވަރަކު ކޮވިޑް 19 އަށް ފައްސިވެއްޖެއެވެ.

Wamco

ގއ.ވިލިނގިލީގައި ހުންނަ އެސްކޫލުގެ ދަރިވަރަކު ކޮވިޑް 19 އަށް ފައްސިވެފައިވުމުން ސްކޫލުގެ ބައިވަރު އިތުރު ދަރިވަރުންތަކަކާއި އިތުރު ތީޗަރުންނާއި އެދަރިވަރު ބައްދަލުވެފައިވުމުން، ސްކޫލުގެ ކިޔެވުން ވަގުތީ ގޮތުން މެދުކަނޑާ ސްކޫލް ބަންދުކޮށްފައިކަމަށް އެރަށު ކައުންސިލްއިން މައުލޫމާތު ދެއެވެ.

"ގާފު" އަށް އެނގިފައިވާ ގޮތުގައި އެދަރިވަރާއި ޑައިރެކްޓް ކޮންޓެކްޓްވި ކްލާސް ކުދިންވެސް މިހާރުވަނީ ގޭގައި މަޑުކުރަން އަންގާފައެވެ. އަދި ހަމަ އެހެންމެ މިވަގުތުގައި ރޭންޑަމް ސާމްޕަލް ނަގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްވެސް ކުރަމުން ގެންދާކަމަށް މައުލޫމާތު ލިބެއެވެ. މިއާއިއކު ގއ. ކައުންސިލްއިން ނެރެފައިވާ ބަޔާނުގައި ވާގޮތުން އެރަށުގެ އެންމެހާ ރައްޔިތުންވެސް ބޭރަށް ނުކުމެ ވަޑައިގަންނަވާ އިރު މާސްކު އެޅުއްވުމަށް އިސްކަން ދެއްވުމަށާއި، ގައިދުރުކަން ބެހެއްޓުމަށް އެދިފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside