logoEN
ޕީއެންސީ 2
އަޑުގަދަވާ މީހާގެެ ރުއްގިނަވާ ޒަމާން ފަހަނައަޅައި ގޮސްފިއެެވެ.

އަޑުގަދަވާ މީހާގެެ ރުއްގިނަވާ ޒަމާން ފަހަނައަޅައި ގޮސްފިއެެވެ.

10427346_653665171396011_2958103026394357385_n

އިހުޒަމާނާއި މިޒަމާނާއި ހާސްބައިގުނަ ތަފާތެވެ. ކަންހިނގާާ ގޮތާއި، އާދަކާދައާއި، ކަންދައުރުވާގޮތްވެސް ތަފާތެވެ. އިހުޒަމާނުގައި ކުރި ރަސްކަން އުވި، ދުނިޔެ ބަވަނަވެ، މުޅިން އައު ގޮތްތަކެއް އީޖާދުވެ، މުޅިން އައުގޮތަކަށް އެރަސްކަންވެސް ރިޔާސަތަކަށް ބަދަލުވީއެވެ. ހަމައެބީދައިން، މީސްމީހުންނާއި އެމީހުންނާ ގުޅޭ ކަންކަންވެސް ބަދަލުވެދިޔައީއެވެ.

ޝަރީ 2024

އިހުޒަމާނުގައި ރަށުގެ އެންމެ އިސްމީހެއްގެ ގޮތުން ރަށު ކަތީބުގެ ނިންމުންތަކަކީ އެންމެ ފަހުގެ ނިޔާއެވެ. ކޯޓުގެ ގާޟީހެނެވެ. އެނިޔާއަށް އިތުރަށް ބުނެވޭނެ އެެއްޗެއްނޯވެއެވެ. ބުނިހާކަމެއް، ބުނިގޮތަކަށް ކޮށްދޭން ރަށުގެ ކަތުންވެސް ތިބެނީ ހޭވައްލާ ތައްޔާރަށެވެ. ވާނީވެސް އެހެންތާއެވެ. އެހާމެ އިޙްތިރާމްކުރާ، ގަދަރުވެރި އަދި މާތް ބޭކަލަކު ކަމެއް ކުރަން ބުނުމުން ނުކޮށް ހުރުމަކީ އަމިއްލަ ޒަމީރަށްވެސް ހަޑިގޮތެކެވެ. ޖެހުނު ކަމެއް، ޖެހުނު ވަގުތަކު "އަމޭ" ކިޔާފައި ކޮށްދެނީ ނުހަނު ކުރާހިތުންނެވެ. އުޖޫރައަކަށް އަދި އިތުރު އިނާޔަތަކަށްވެސް ބެލުމެށްނެތިއެވެ. އަމިއްލަ ރައްޔިތެއްގެ ހައިސިއްޔަތުން، އެމީހަކަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުންނެވެ.

ކަތީބުންނަށްވުރެވެސް އިހަށް ޖެހިލަމާތޯއެވެ. ރަސްކަމުގެ ދުވަސްވަރަށެވެ. އާދެ، ނަވާރަސްތޭކައިގެ ކުރީކޮޅަށެވެ. ނޫނީ އެއަށްވުރެވެސް އިހަށެވެ. ގައުމުގެ ވަލީއުލްއަމުރުގެ ހައިސިއްޔަތުން، ރައްޔިތުންގެ އިސްވެރިޔާގެ ހައިސިއްޔަތުން ހުންނަވަނީ ރަސްގެފާނެވެ ނުވަތަ ރަދުންނެވެ. ރަދުންެ އިންނަވާ ތަޚުތު މަތީ ފަންގިފިލާއަށް އަރައި، ރަދުންގެ ހަށިކޮޅަށް ހޫނުވެދާނެ ކަމުގެ ބިރަށްޓަކައި އަތުން ފަންކާވެސް އެބުރިއެވެ. އެއްބަޔަކު ރަދުންނަށް ވެދުމަށް އެރުވުމަށްޓަކައި ހަނދު ރުނބަޔަށް އަޅައި ރައްކާކޮށްގެންވެސް ގެންދިޔައެވެ. މިފަަދަ ކިތަންމެ ކަމެއްވެސް ހިނގާފައި އެބަހުއްޓެވެ. ރަދުން ހިތްޕުޅާ ނުވެދާނެ ކަމެއް ވިޔަކަ ނުދޭން ވެގެންނެވެ. ގާނޫނަކީވެސް، ވަޒީރަކީވެސް، ރަސްކަމަކީވެސް ހަމައެއީއެވެ. ހަމައެކަނި ރަދުންނެވެ. ރަދުންގެ ބަސްފުޅެވެ. ރަދުންގެ ނިޔާއެވެ. ރަދުންބޭރަށް ނުކުންނަވާ ވަގުތު ރައްޔިތުންވެސް އެންމެ އިހްތިރާމާއި އެކީ އުޅެއެވެ. ރަަދުން ހިންގަވާ މަގުން އެއްވަގުތަކު އެހެން ރައްޔިތަކު ހިނގުމަކީ ނާދިރުކަމަކެވެ. ފިނދަނަތަކެއްހެން ކޮންމެ ރައްޔިތަކުވެސް ގޭގެ ބުޑުން ބޯދިއްކޮށްލައެވެ. ރަދުންގެ އިސްތިގުބާލަށެވެ. އަދާކުރަންޖެހޭ އިޙްތިރާމު ފުރިހަމަ ކުރުމަށެވެ.

ޒަމާންބަދަލުވިވަރަކަށް ހަމައެކަނި ކަތީބުގެ ބަސްވެސް ބުރައެއްނުވިއެވެ. ރަދުން ނިންމާ ނިންމުންތަށްވެސް އޮޔާާވެގެން ދިޔައީއެވެ. އޮށްޓަރެއް ހުރި އެއްޗަކަށްވެސް ނުވިއެވެ. މިދެންނެވި " ވެރިންނާއި" އެއްހަމަޔަކުން އާންމު ރައްޔިތުންގެ ބަސްވެސް ހިމެނެން ފެށީއެވެ. 1953 ވަނައަހަރު އެންމެ ފުރަތަމަ ޖުމްހޫރިއްޔާ ވުޖޫދުވެ، ގައުމުގެ ކަންކަމުގައި ކަތުންގެ ބައިވެސް ބޮޑުވެގެންދިޔައީއެވެ.

ދެެހާސް ހަތަރުވަނަ އަހަރު ރާއްޖޭގެ ސިޔާސީ މަސްރަހަށް އިންގިލާބީ ބަދަލުތަކެއް އަންނަން ފެށިއެވެެ. އެގޮތުން 2004 ގައި ފެށުނު ސިޔާސީ ހަރަކާތްތައް ވަރުގަދަވެ ދިވެެހިރާއްޖެ ޑިމޮކްރަސީގެ އާ ފަލްސަފާއަކާ ދިމާލަށް ދަތުރުކުރިއެވެެ. އެެ ދުވަސްވަރު ދިވެހިރާއްޖެއަށް އައި ޑިމޮކްރަސީއާއެކު ކަންކަން ނިންމުމުގައި ރައްޔިތުންގެ ބަސްވެސް ހިމެނެްފެށިއެވެެ. ޚިޔާލު ފާޅުކުރުމުގެެ މިނިވަންކަން ލިބުނެެވެ. އިޖްތިމާއީ ކަމަކަަށްވިޔަސް، އުމްރާނީ ކަމަކަށްވިޔަސް އަދި އިގްތިސާދީ ކަމަކަށްވިޔަސް ގައުމުގެ ކަންކަމުގައި އިވެނީ އެންމެނެްގެ ހިޔާލެވެ. އެންމެންގެ އަޑެވެ. ހަމައެކަނި ވަކިި މީހަކަށް ކުރިއެރުންލިބި، ވަކިމީހަކު ބާކީވެސް ނުވެއެވެ. ގައުމުގެ ނަވުގައި އެންމެންގެ ކުރިއެރުންވެސް އެއްވަރެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ