logoEN
ކޮކާކޯލާ
ކޮރޯނާގެ ތިންވަނަ ވޭރިއަންޓެއް ފެނިއްޖެ!

ކޮރޯނާގެ ތިންވަނަ ވޭރިއަންޓެއް ފެނިއްޖެ!

Admin

logo

1/13/2021, 9:46:36 PM

# ކޮރޯނާ ވައިރަސް

coronavirus-mundo

ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާ ވައިރަސްގެ ތިން ވަނަ ވައްތަރެއް ފެނިއްޖެ އެވެ.

އަބުޅޯ

އިނގިރޭސި ވިލާތުގެ ނޫހެއް ކަމަށްވާ ޑެއިލީ މެއިލްގައި އެގައުމުގެ ބޮޑު ވަޒީރު ބޮރިސް ޖޮންސަން އާ ހަވާލާދީ ރިޕޯޓުކޮށްފައިވަނީ ބްރެޒިލުން އިނގިރޭސިވިލާތައް އައި ބައެއްގެ ގައިން އާވައްތަރުގެ ވައިރަސް ފެނިފައިވާ ކަމަށާއި އެހެންކަމުން އެވައްތަރުގެ ވައިރަސް އިނގިރޭސިވިލާތުގައި ފެތުރުން ހުއްޓުވަން ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ބްރެޒިލުން ދަތުރުކުރާ މީހުންގެ ގައިން އާވައްތަރެއްގެ ކޮވިޑް-19 އެއް ފެނިފައިވާކަން ފުރަތަމަ އިއުލާން ކުރީ ޖަޕާނުންނެވެ. ޖަޕާނުން މީގެ ދެދުވަސް ކުރިން ބުނެފައި ވަނީ އެގައުމަށް ބްރެޒިލުން އައި ބައެއްގެ ކިބައިން އާވައްތަރެއްގެ ކޮވިޑް-19 އެއް ފެނިފައިވާ ކަމަށެވެ.

ކޮވިޑް-19 އަށް ބަދަލުތައް އައިސްފައި ވީނަމަވެސް އަދި އެކަމުގެ ސަބަބުން ބަލީގެ ނުރައްކާ އިތުރުވި ކަމަކަށް ސައިންސްވެރިން ނުބުނެއެވެ. ނަމަވެސް މިހާރު ފެނިގެން އުޅޭ ކޮވިޑް-19 ވައިރަސްގެ މިއުޓޭޓް ވައްތަރުތައް މާއަވަހަށް ފެތުރޭ ކަމަށް ސައިންސްވެރިން ބުނެއެވެ. އާވައިރަސް އޭގެ ޒާތުގައި ނުރައްކާ ނުވިނަމަވެސް ގިނަ ބަޔަކަށް ފަސޭހައިން ބަލި ޖެހޭނަމަ އެއީ ނުރައްކަލެއް ކަމަށް ސިއްހީ ދާއިރާގެ އޮފިޝަލުން ވިދާޅުވެއެވެ. އެއީ ގިނަ ބަޔަކަށް ބަލި ޖެހޭނަމަ ގިނަ ބަޔަކު އެޑްމިޓް ކުރަން ޖެހި ހޮސްޕިޓަލްތައް ފުރިގެން ފަރުވާ ދިނުމަށް ދަތިތައް ކުރިމަތިވާތީއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ