logoEN
cocacola
އެމޭޒަން އިންޑިޔާއިން އޮންލައިން އެކަޑަމީއެއް، އެމޭޒަން އެކަޑަމީގެ ނަމުގައި ލޯންޗް ކޮށްފި!

އެމޭޒަން އިންޑިޔާއިން އޮންލައިން އެކަޑަމީއެއް، އެމޭޒަން އެކަޑަމީގެ ނަމުގައި ލޯންޗް ކޮށްފި!

d

އެމޭޒަން އިންޑިޔާއިން މިއަދު ހާމަކޮށްފައިވާގޮތުގައި އެމޭޒަން އޮންލައިން އެކަޑަމީއިން ކުރިޔަށް ގެންދާ ބައެއް ޕްރޮގްރާމްތަކުގެ ތެރޭގައި، ތަފާތު ކޮލެޖްތަކަށް ވަނުމަށްދޭ އެންޓްރެސް އިމްތިހާނަށް ކުދިން ތައްޔާރުކުރުން ހިމެނެއެވެ. އެމޭޒަން އެކަޑަމީން ފަށާފައިވާ ޖޮއިންޓް އެންޓްރެންސް އެގްޒަމިނޭޝަން ޕްރޮގްރާމަކީ އިންޖިނިއަރިންގް ކޮލެޖްތަކަށް ވަންނަ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. އެމޭޒަން އެކަޑަމީގެ ފަރާތުން މަޢުލޫމާތުދޭގޮތުގައި، އެ އެކަޑަމީން ހިންގާ އޮންލައިން ޕްރޮގްރާމްތަކުން ޔުނިވާސިޓީ އަދި ކޮލެޖްތަކަށް ވަނުމަށް ދެވޭ އިމްތިހާނުތަކުން ފާސްވުމަށް ބޭނުންވާ މިންވަރަށް ކުރިޔަށް ދާން ބޭނުންވާ މިންވަރަށް މައުލޫމާތާއި ތަޖުރިބާ ހިއްސާކުރަމުން ދާނެއެވެ. މީގެ އިތުރުން މިއޮންލައިން އެކަޑަމީން ވަގުތުން ކުރިޔަށްދާ ތަފާތު އޮންލައިން ލެކްޗަރތަކުގެ އިތުރުން މެތަމެޓިކްސް، ފިޒިކްސް އަދި ކެމިސްޓްރީ ފަދަ މާއްދާތަކުގެ ޚާއްސަކުރެވިގެން ފެންވަރުބެލުމުގެ އިމްތިހާންތަށް މި އޮންލައިން އެކަޑަމީއިން ހެދުމުގެ އިންތިޒާމްތަށް ހަމަޖެހިފައިވެއެވެ.

ގޮސިޔާ

އެމޭޒަން އެކަޑަމީގެ އެޕް، ގޫގުލް ޕްލޭސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެކަމަށް އެމޭޒަން އެކަޑަމީގެ ފަރާތުން މަޢުލޫމާތު ދެއެވެ.

ދުނިޔޭގެ ކަންކޮޅުތަކުން ތަޢުލީމީ މާހިރުން، ކިޔެވުމާއި ގުޅޭ ތަފާތު ވަޞީލަތްތަށް ހިއްސާކޮށްލެވޭގޮތަށް އެމޭޒަން އެކަޑަމީ ހުޅުވާލެވިފައިވާއިރު، ދުނިޔޭގެ އެކި ހިސާބުތަކުން މިއެކަޑަމީއަށް ބޮޑުތަރުހީބެއް އަންނަނީ ލިބެމުންނެވެ. އެމޭޒަން އެކަޑަމީގެ ކޮންޓެންޓް މިވަގުތު އެއްވެސް ފީއަކާއި ނުލައި ލިބެން ހުރުމުގެ އިތުރުން ކުރިޔަށް އޮތް މަސްތަކުގައިވެސް މިކޮންޓެންޓް އަގަކާއި ނުލައި ލިބެން ހުންނާނެކަމަށް އެ އެކަޑަމީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެއެވެ.

އެމޭޒަން އިންޑިޔާގެ ޑިރެކްޓަރ އަމޯލް ގުރުވާރާ ހާމަކޮށްފައިވާ ގޮތުގައި، އެމޭޒަން އެކަޑަމީގެ އަމާޒަކީ، ފެންވަރު ރަނގަޅު ތަޢުލީމެއް އަތްފޯރާ އަގެއްގައި އެންމެންނަށް ފޯރުކޮށްދިނުމެވެ. މިގޮތުން އެކަޑަމީ ހުޅުވިގެންދަނީ ހަމައެކަނި އިންޖިނިއަރިންގ ކޮލެޖްތަކަށް ވަނުމުގެ އިމްތިހާނުތަކަށް އިތުރު އެހީ ފޯރުކޮށްދިނުމާއެކުއެވެ. އެމޭޒަން އެކަޑަމީގެ އަމާޒަކީ، ގިނަ އަދަދެއްގެ ދަރިވަރުންތަކަކަށް އެހީވުމަށް ތަޢުލީމީ މާހިރުންނާއި ދަރިވަރުން ގުޅުވާލަދޭ ފާލަމެއްގެ ގޮތުގައި މަސައްކަތްކޮށް ކާމިޔާބު ދަރިވަރުންތަކެއް ބިނާކުރުމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ