ދެން އަންނަ އައިފޯނެއް ގަންނަން ޝައުޤުވެރިވާނަމަ، އެކަން ކުރެވެން އޮތީ ކޮން އިރަކުންކަން އެނގެން ބޭނުންވާނެއެވެ.
އެޕަލްއިން މިއަހަރު ނެރުމަށް ތައްޔާރުވަމުން އަންނަ އައިފޯން 14، އައިފޯން 14 މެކްސް، އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސް، ތިން އާ އެޕަލް ވޮޗް މޮޑެލް އަދި އެއާޕޮޑްސް ޕްރޯ 2 ނެރުމަށް ފުރަތަމަ ތާވަލްކޮށްފައި އޮތް 13 ސެޕްޓެމްބަރ ވާ އަންގާރަ ދުވަހައްވުރެ އަވަހަށް މި ޕްރޮޑަކްޓްތަށް ރިލީސް ކޮއްފާނެކަމީ އިންތިޒާރު ކުރާ މީހުންނަށް އުފާވެރި ޚަބަރަކަށް ނޫނީ ނުވާނެއެވެ.
އެޕަލްގެ އައު އުފެއްދުންތަށް އަވަހަށް ރިލީޒް ކޮށްފައިވާނެ ކަމަށް ޓެކް ހަބަރުތަކާއި އެތެރޭގެ މައުލޫމާތަށް ލީކްކުރާ މެކްސް ވެއިންބާޗްއިން ވަނީ ރިޕޯޓްކޮށްފައެވެ.
ނަމަވެސް ސީދާ ނެރޭނެ ތާރީހެއް މެކްސް ވެއިންބާޗްއިން ބުނެފައި ނުވި ނަމަވެސް މި ހިނގާ އޮގަސްޓު މަހުގެ ފަހުކޮޅުވެސް ނެރުމުގެ އުންމީދެއް އޮތް ކަމަށް ބައެއް ބޭރުގެ ރިޕޯޓްތަށް ބުނެއެވެ.
މިގޮތަށް ރިޕޯޓްތަށް ބުނި ނަމަވެސް އައު އުފެއްދުންތަށް އަވަހަށް ރިލީސް ކުރާނެކަން އެޕަލްއިން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.