logoEN
cocacola
ލެކްސާރއިން ދުނިޔޭގެ އެންމެ ފާސްޓް ސީއެފް އެކްސްޕްރެސް ކާޑާއި ކާޑު ރީޑަރު ތައާރަފްކޮށްފި

ލެކްސާރއިން ދުނިޔޭގެ އެންމެ ފާސްޓް ސީއެފް އެކްސްޕްރެސް ކާޑާއި ކާޑު ރީޑަރު ތައާރަފްކޮށްފި

960x0

ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ ފާސްޓް ސީއެފް އެކްސްޕެރެސް ކާޑާއި ކާޑުރީޑަރު މަޝްހޫރު ލެކްސާއިން ތައާރަފްކޮށްފި އެވެ.

ގޮސިޔާ

900MB/s އާއި ހަމައަށް ރީޑް ސްޕީޑް އަދި 800MB/s އާއި ހަމައަށް ސޭވްކުރެވޭ، ލެކްސަރ ސީއެފްއެކްސްޕްރެސް ޓައިޕް އޭ ކާޑް ގޯލްޑް ސީރީޒް އަކީ ޕްރޮފެޝަނަލް ވީޑިއޯގްރާފަރުންނާއި ފޮޓޯގްރާފަރުންނަށް ހައި-ރިޒޮލިއުޝަން ފޮޓޯތަކާއި ސިނަމާ ކޮލިޓީ 8ކޭ ވީޑިއޯ ކެޕްޗަރ ކުރަން ޖެހޭ ގޮތަށް ތައްޔާރުކޮށްފައިވާކާޑުތަކެކެވެ.

160 ޖީބީ އާ ހަމައަށް ކެޕޭސިޓީގައި ލިބެން ހުންނަ މި އާ ކާޑުތަކުން އަބަދު ކާޑުތައް ބަދަލުނުކޮށް ވަރަށް ގިނަ ހައި ކޮލިޓީ ފޮޓޯތަކާއި 8ކޭ ވީޑިއޯ ރައްކާކުރެވޭނެ އެވެ. ކާޑުތައް ވަރުގަދަވެފަ، ޓެމްޕަރޭޗާ، ޝޮކް އަދި ވައިބްރޭޝަން މައްސަލައަކަށް ވެދާނެ ތަނެއްގައި ޝޫޓިން އަށް ބޭނުންވާ ޑިއުރެބިލިޓީ ފޯރުކޮށްދެ އެވެ. އަދި މި ކާޑުގެ ބެކްއަޕް އަކީ ލައިފްޓައިމް ލިމިޓެޑް ވޮރަންޓީއަކާއެކު ވެސް ބެކްއަޕް ކޮށްފައިވާ ކާޑެކެވެ.

މީގެ އިތުރުން ލެކްސަރ އިން ވަނީ ސީއެފްއެކްސްޕްރެސް ޓައިޕް އޭ އަދި އެސްޑީ ޔޫއެޗްއެސް-2 މެމޮރީ ކާޑްތަކަށް ބޭނުންވާ ހައިސްޕީޑް ޓްރާންސްފަރ ތަކަށް ބޭނުންކޮށްލެވޭ ޕްރޮފެޝަނަލް ސީއެކްސްޕްރެސް ޓައިޕް އޭ/އެސްޑީ ކާޑް ރީޑަރ ނެރެފައެވެ. މި ރީޑަރުން ހައި ސްޕީޑް 10ޖީބީޕީއެސް (ޔޫއެސްބީ 3.2 ޖެން 2) ޑޭޓާ ޓްރާންސްފާ ސްޕީޑް ލިބޭނެކަމަށް އެކުންފުނިން ބުނެއެވެ.

ލެކްސަރ ގެ އާ ލެކްސަރ ޕްރޮފެޝަނަލް ސީ.އެފް.އެކްސްޕްރެސް ޓައިޕް އޭ ކާޑް ގޯލްޑް ސީރީޒް އަދި އަލަށް ލެކްސަރ ޕްރޮފެޝަނަލް ސީ.އެފް.އެކްސްޕްރެސް ޓައިޕް އޭ/އެސް.ޑީ ކާޑް ރީޑަރ އިޢުލާން ކުރުމާއެކު ޕްރޮފެޝަނަލް ފޮޓޯގްރާފަރުންނާއި ވީޑިއޯގްރާފަރުންނަށް މިކަން ވެގެންދާނީ އުފާވެރި ޚަބަރަކަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ