logoEN
ޕީއެންސީ 2
ރެސްޓޯރެންޓުން ނުބައިކޮށް އޯޑަރު ނެގުމާއެކު ބަޑިން ބިރުދައްކައިފި

ރެސްޓޯރެންޓުން ނުބައިކޮށް އޯޑަރު ނެގުމާއެކު ބަޑިން ބިރުދައްކައިފި

2020-08-04T063054Z_610351549_RC2U6I9MMW74_RTRMADP_2_HEALTH-CORONAVIRUS-SPAIN-PIZZA

ކޮންމެ މީހަކަށްވެސް ނުބައިކޮށް ކަމެއް ކުރެވިދާނެއެވެ. ނަމަވެސް އެމީހުންނާ ދޭތެރޭވެސް ކަންތައް ކުރަންވާނީ ރިވެތި އުސޫލުތަކުގެ ބޭނުން ހިފައިގެންނެވެ. އެމީހުންނާ ދޭތެރޭގައި ހަރުކަށިވުމަކީ ރަނގަޅު ކަމެއް ނޫނެވެ.

ޝަރީ 2024

ނަމަވެސް ނިއު މެކްސިކޯގައި މީހަކު ވަނީ ފާސްޓް ފުޑް ރެސްޓޯރެންޓެއް ކަމަށްވާ މެކްޑޮނާލްޑްސް ގެ މުވައްޒަފަކަށް ބަޑިން ބިރު ދައްކާފައެވެ. އޭނާ މިހެން ކަންތައް ކޮށްފައިވަނީ އެ ރެސްޓޯރެންޓަށް އޭނާ ދިން އޯޑަރުގައި މައްސަލައެއް ޖެހުމުންނެވެ.

މައްސަލަ ޖެހުމާއެކު އެ ރެސްޓޯރެންޓުންވަނީ އެ އޯޑަރު ބަދަލު ކޮށްދީފައެވެ. ނަމަވެސް އެ މީހާ ވަނީ އަބުރާ ލައިނަށް އަރައި އޯޑަރު ބަދަލު ކޮށްދިން މުވައްޒަފާ ދިމާލަށް ބަޑި ދިއްކޮށްފައެވެ.

undefined

ކަމާބެހޭ ފަރާތްތަކުން ހާދިސާ ހިނގި ސަރަހައްދަށް އައިއިރު އޭނާ ވަނީ އެ ރެސްޓޯރެންޓު ދޫކޮށް ގޮއްސައެވެ. ނަމަވެސް ފުލުހުންގެ ހެލިކޮޕްޓަރު ވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވެންދެން އޭނާ ދުއްވި ކާރުގެ ފަހަތުން ދުއްވާފައެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާއަށް ވަނީ ނުރައްކާތެރި ހަތިޔާރު ބޭނުންކުރުމުގެ ދަޢުވާ ކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ