logoEN
cocacola
ސިންގާއަކާއި، ބޮޑު ރާޅެއްގެ އަލްޓްރާ ރިއަލިސްޓިކް ތްރީޑީ ޑިސްޕްލޭއިން ބިލްބޯޑްތަކަށް ދިރުން ގެނެސްދީފި!

ސިންގާއަކާއި، ބޮޑު ރާޅެއްގެ އަލްޓްރާ ރިއަލިސްޓިކް ތްރީޑީ ޑިސްޕްލޭއިން ބިލްބޯޑްތަކަށް ދިރުން ގެނެސްދީފި!

ގާފު އެޑިޓޯރިއަލް

logo

1/11/2021, 12:52:15 PM

1

ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެ އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. އަލްޓްރާ ރިއަލިސްޓިކް ތްރީޑީ ޑިސްޕްލޭ އަކީ ކުރިއަރަމުން އަންނަ ޓެކްނޮލޮޖީގެ ތެރެއިން، މީހުންގެ ޝައުޤުވެރިކަން ހޯދާފައިވާ އެއް ޓެކްނޮލޮޖީއެވެ. މިގޮތުން ޗައިނާ އަދި ސައުތުކޮރެއާގައި މިޓެކްނޮލޮޖީ މީހުންންގެ ސަމާލުކަން ހޯދައި، ބައެއް ފަރާތްތަކަށް ވަނީ ސިހުން ގެނެސްދީފައެވެ.

ގޮސިޔާ

ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ތަފާތު ވީޑިއޯތަކުން، އަލްޓްރާ ރިއަލިސްޓިކް ތްރީޑީ ޑިސްޕްލޭއިން ހަޤީޤަތާއި އެތްގޮތް ފުރިހަމަ އެނިމޭޝަނެއް ދައްކައިދޭއިރު އަސްލާއި އެއްގޮތެވެ. މިގޮތުން ޗައިނާގެ ޗެންގްޑު ގައި ހަރުކޮށްފައިވާ ތްރީޑީ ސްކްރީނަކުން، 1.04 މިނެޓުގެ ވީޑިއޯ ކްލިޕަކުން ސިންގާއެއްގެ އަޑާއިއެކު، ސްކްރީން ފަޅާލައި މަގުމައްޗަށް ފުންމާލާ މަންޒަރު ދަށްކުވައެވެ. ޓިކް ޓޮކްގައި ހިއްސާކޮށްފައިވާ މި ސްކްރީން ކައިރީގެ ވީޑިޔޯއަކުން، ސިންގާ މަގުމައްޗަށް ފުންމާލާ މަންޒަރު ފެނި، މަގުމަތީގައި މަންޒަރު ބަލަން ހުރި އަންހެނަކު ސިއްސައިގެން ގޮސް ބިރުން ދުއްވައިގަންނަ މަންޒަރު ފެނެއެވެ.

https://youtu.be/S9zZbtzs_wI

ޗޮންގކިންގ ގެ ގުއަންޔިންގިއާއޯ ސީބީޑި ގައި ހަރުކޮށްފައިވާ ރިއަލިސްޓިކް ތްރީޑީ ސްކްރީނަކުން، އުދުހޭ ޔޫ.އެފް.އޯ އެއް ދައްކާފައިވާއިރު، މިމަންޒަރު ދުނިޔޭގެ ތަފާތު ޚަބަރު ފަތުރާ ވަޞީލަތްތަކުގެ ސަމާލުކަމަށް އައިސްފައި ވެއެވެ. ރިއަލިސްޓިކް ތްރީޑީ ޑިސްޕްލޭގެ އެންމެ ޚާއްސަ ކަމަކީ، އެއްވެސް އިތުރު އައިނެއްފަދަ އެއްވެސް އާލާތަކާއި ނުލައި، ތްރީޑީ މަންޒަރު އިންސާނުންގެ ހަމަލޮލަށް މިޑިސްޕްލޭއިން ދައްކައި ދިނުމެވެ.

https://youtu.be/rxe1b0HGk7Q

ފާއިތުވީ 2020 ވަނަ އަހަރުގައި ސައުތު ކޮރެޔގައި ހަރުކޮށްފައިވާ ރިއަލިސްޓިކް ތްރީޑީ ސްކްރީން ތަކަކުން ދައްކާފައިވާ ބައެއް ވީޑިއޯތައް ސޯޝަލް މީޑިޔާގައި ވައިރަލްވެފައި ވެއެވެ. މިގޮތުން ކޮރެއާގެ ސިއޯލްގެ މަގުމަތީގައި ހަރުކުރެވިފައިވާ ރިއަލިސްޓިކް ތްރީޑީ ސްކްރީނަކުން ބިޔަ ބޮޑު ރާޅެއް ހޮޅިނަގައި ބިންދާލާ މަންޒަރު ދައްކުވައިދީފައިވެއެވެ. މި ވީޑިއޯ ކޮރެޔާގެ ގިނަ ނޫސްތަކެއްގެ ސަމާލުކަން ހޯދާފައިވެއެވެ.

https://youtu.be/xYWbcTy5dS4

މިރާޅު ބިޔަ ބޮޑު ބިއްލޫރީ ޓޭންކަކަށް ބިންދާލާއިރު، ޓޭންކުގެ ބިއްލޫރި ބުރަ ބުރައިގެންގޮސް، މަގުމައްޗަށް ފެނާއެކު ފައިބައިގެން ދާ މަންޒަރު އަޑާއެކު މި ބިލްބޯޑުން ދަށްކުވައެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މިއީ މިހާތަނަށް ސައުތު ކޮރެޔާގައި ހަރުކުރެވުނު އެންމެ ބޮޑު ޑިގިޓަލް ބިލްބޯޑެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ