ހޯނޑެއްދޫ ޔޫތް ކަޕް 2021 – ޗިކާގޯ ޑައުންސްއަށް ރަނގަޅު ފެށުމެއް

ހޯނޑެއްދޫ ޔޫތް ކަޕް 2021 ގެ ފުރަތަމަ މެޗުން ބެއްޔާ ސްޕޯޓްސް ބަލިކޮށް ޗިކާގޯ ޑައުންސްއިން ފެށުން ރަނގަޅުކޮށްފި އެވެ.

ހޯނޑެއްދޫ ފެޓްސެލް ދަނޑުގައި ކުޅުނު މި މެޗު ޗިކާގޯ ޑައުންސްއިން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ލީޑް ފުރަތަމަ ހާފުގައި ނެގީ ޗިކާގޯ ޑައުންސްއިން އެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޓާފ ޕްލެޔަރ އާދަމް ލަރީފްއެވެ. ނަމަވެސް ފުރަތަމަހާފު ނިމެން ދަނިކޮށް ގޯލެއް ޖަހައި އަހުމަދު ޝާފިއު ވަނީ ބެއްޔާ ސްޕޯޓްސްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ފާރިހް ފާއިޒްގެ ގޯލަކުން މެޗުގެ ލީޑު އަނެއްކާވެސް ޗިކާގޯ ޑައުންސް އިންނެގިއެވެ. އަދި އޭގެއިރުކޮޅެއްފަހުން ނާއިފް އާރިފް ވަނީ ޗިކާގޯ ޑައުންސްގެ ތިންވަނަ ގޯލު ކާމިޔާބުކޮށް ލީޑު ފުޅާކޮށްދީފައެވެ. އެހެން ނަމަވެސް އެގޯލަށް މާގިނަ އިރުތަކެއްނުވަނީސް ބައިކޮޅަށް ވަތް ގޯލަކާއި އެކު ނަތީޖާ 2-3 ކަށް ބަދަލުވިއެވެ. މެޗުގެ ހަތަރު ވަނަ ގޯލު ޗިކާގޯއަށް މެޗު ނިމެން ދަނިކޮށް ކާމިޔާބުކޮށްދިނީ މެޗުގެ މޭން އޮފްދަ މެޗްކަން ހޯދި އާދަމް ލަރީފް އެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ ބޮކާ ޖޫނިއާސް އަދި ގަރާޖް އެފްސީ އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 21:00 ގައިހޯނޑެއްދޫ ފުޓްސެލް ދަނޑުގައި އެވެ.

ހޯނޑެއްދޫ ޔޫތް ކަޕަކީ ހޯނޑެއްދޫ ކޮމިއުނިޓީ ސެންޓަރުން އިސްނަގައިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ހޯނޑެއްދޫއަށް ނިސްަބަތްބާ 4 ޓީމަކުން ވަނީ ބައިވެރިވެފައިއެވެ. އެއީ އެފްސީ ޗިކާގޯ ޑައުންސް އާއި ބެއްޔާ ސްޕޯޓްސް އާއި ބޮކާ ޖޫނިއާސް އަދި ގަރާޖް އެފްސީ އެވެ.

މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ ލީގް އުސޫލުންނެވެ. އަދި މުބާރާތް ކުރިޔަށްދާނީ 10 ޖެނުއަރީއިން 17 ޖެނުއަރީގެ ނިޔަލަށެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް