ހޯނޑެއްދޫ ޔޫތް ކަޕް 2021 ރަސްމީކޮށް ފަށައިފި އެވެ.
މިރޭ ހޯނޑެއްދޫ ފުޓްސަލް ދަނޑުގައި ފެށި މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޔޫތް ، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހުމަދު މަހުލޫފް އެވެ. މުބާރާތް ފެއްޓުމުގެ ރަސްމިއްޔާތުގައި ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ނާސިހް އާއި މަޑަވެލި ދާއިރާގެ މެމްބަރުހުސެއިން ފިރުޝާން ، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުالله ސަނީފް އަދި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޤުނީ ވަނީބައިވެރިވެވަޑައިގެންފައެވެ.
ހޯނޑެއްދޫ ޔޫތް ކަޕަކީ ހޯނޑެއްދޫ ކޮމިއުނިޓީ ސެންޓަރުން އިސްނަގައިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ހޯނޑެއްދޫއަށް ނިސްަބަތްބާ 4 ޓީމަކުން ވަނީ ބައިވެރިވެފައިއެވެ. އެއީ އެފްސީ ޗިކާގޯ ޑައުންސް އާއި ބެއްޔާ ސްޕޯޓްސް އާއި ބޮކާ ޖޫނިއާސް އަދި ގަރާޖް އެފްސީ އެވެ. މި މުބާރާތުގެ ފުރްތަމަ މެޗުގައި ކުޅުމަށް ހަމަޖެހިގައިވަނީ އެފްސީ ޗިކާގޯ ޑައުންސް އަދި ބެއްޔާ ސްޕޯޓްސް އެވެ.
މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ ލީގް އުސޫލުންނެވެ. އަދި މުބާރާތް ކުރިޔަށްދާނީ 10 ޖެނުއަރީއިން 17 ޖެނުއަރީގެ ނިޔަލަށެވެ.