މިނިސްޓަރ މަހުލޫފް ހޯނޑެއްދޫއަށް ވަޑައިގެންފި

މިނިސްޓަރ އޮފް ޔޫތް، ސްޕޯސްޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހުމަދު މަހުލޫފް ގދ ހޯނޑެއްދޫއަށް ވަޑައިގެންފި އެވެ.

ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރެއްގައި މަހުލޫފް ހޯނޑެއްދޫއަށް ވަޑައިގެންނެވީ އެރަށުގައި މިރޭ ފެށިގެންދާ ޔޫތް ކަޕް ރަސްމީކޮށް ފެއްޓުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. މިނިސްޓަރުގެ މިދަތުރުފުޅުގައި އެރަށުގެ ކޮމިއުނިޓީ ސެންޓަރަށް ވަޑައިގެން އެތަނުގެ ހާލަތު ބައްވަލަވާލެއްވިއެވެ.

މިނިސްޓަރ މަހުލޫފްގެ މި ދަތުރުފުގައި،  އަރިހުގައި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުالله ސަނީފް އަދި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޤުނީ ވަނީ ބައިވެރިވެ ވަޑައިގެންފައި ވެއެވެ. މިނިސްޓަރ މަހުލޫފް ހުވަދު އަތޮޅަށް ކުރައްވާ މިދަތުރުފުޅަކީ ތިނަދޫގައި ކުރިޔަށް ގެންދިޔަ ހަވަރު ޔޫތް ކަޕްގެ ނިމުމުގެ ރަސްމިއްުޔާތުގެ އިތުރުން ހޯނޑެއްދޫ ޔޫތްކަޕް ފެއްޓުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް